ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

އެއ ގޮތުން ބިންގާ އަޅާފައިވަނީ ށ.ފޭދޫ އާއި ށ.މާއުނގޫދޫ އާއި ނ.މަނަދޫ އާއި ނ.ފޮއްދޫގައި އަޅާ އާ އިންޖީނުގޭގެއެެވެ.

ފެނަކައިގެ ފަރާތުން އެ ރަށްތަކުގެ އިންޖީނުގޭގެ ބިންގާ އަޅުއްވާ ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ.

ށ.ފޭދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ނަސާ ޕްރައިވެޓް ލިމިޓެޑާއި ކަމަށްވާއިރު، 280 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަންޖެހެއެވެ. މަނަދޫ އިންޖީނުގެ އެޅުމަށް ހަވާލުކުރީ ވީ އަވާ އިންވެސްޓްމެންޓާއި ކަމަށްވާއިރު އެ މަސައްކަތް ނިންމަން ދީފައިވަނީ 230 ދުވަހެވެ.

އަދި ފޮއްދޫގެ އިންޖީނުގެ އަޅަން ހަވާލުކޮށްފައިވަނީ ބީޗު ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއި ކަމަށްވާއިރު، އެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މި ހަތަރު ރަށުގެ އިތުރުން ހއ.ދިއްދޫ އާ އިންޖީނު ގޭގެ ބިންގާ ވެސް އިއްޔެ ވަނީ އަޅާފައެވެ.

ފެނަކަ އިން 48 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ފަށާފައިވާއިރު، މީގެތެރެއިން 15 އިންޖީނުގޭގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: