ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ވައުދުތަކާ އެއްގޮތަށް މަސައްކަތް ނުކުރެވޭނަމަ މަޖިލީހުން ޖަަވަބުދާރީ ކުރުވާނެ: އަފީފް

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެމްބަރު ހަަސަން އަފީފު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރުންނަށް ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް މަސައްކަތް ނުކުރެވޭނަމަ ރައްޔިތުންގެ މަޖިލީހުން ޖަަވަބުދާރީ ކުރުވާނެ ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އަފީފް މިހެން ވިދާޅުވެފައިމިވަނީ ސަރުކާރު ހިންގަންވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށް ޓީވީ ޕްރޮގްރާމެއްގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވުމުންނެވެ.

އެގޮތުން އިއްޔެ “ވީމީޑިޔާ” އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓު ބާރުގަދަވެގެން އުޅުނު ގޮތަށް މަޖިލިސް ވެސް މިހާރު ފެންނަން ފަށާފައިވާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އަފީފް ވިދާޅުވީ ވަޒީރުން، ވަޒީރުންގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާ ކުރައްވާ ކަމަށާއި ރައްޔަތުނަށް ހިދުމަތް ފޯރުކޮށްދިނުމާ ވައުދުތަކާ އެއްގޮތަށް މަސައްކަތް ނުކުރެވޭނަމަ މަޖިލީހުން ޖަަވަބުދާރީ ކުރުވާނެ ކަމަށެވެ.

މަލީހު ދެއްކެވި މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް މިކަމާ ގުޅިގެން މަލީހު އެކަމަށް އެއްވެސް ރައްދެއް މިހާތަނަށް ދެއްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: