ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ހުށަހެޅިއިރު ވިސްނާފައިވާނީ އިގުތިސާދީ ދަތި ހާލަތުން އަރައިގަތުމަށް: ފިނޭންސް މިނިސްޓަރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅިއިރު ސަރުކާރުން ވިސްނާފައި ވާނީ މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓު ބުހުސްގައި މިނިސްޓަރު އަމީރަށް ފުރުސަތު ދެއްވުމުން ވިދާޅުވީ މިހާރު އޮތީ ވަރަށް އަވަސް އަވަހަށް ބަދަލުވެ އަދި ވާނެ ގޮތެއް ލަފާކުރަން ނޭނގޭ ހާލަތެއްކަން ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން އުފެދިފައވާ ޚާއްސަ ހާލަތުގައި އިގުސާދީ ގޮތުން ކަނޑައަޅާ ސިޔާސަތެއްގެ ސަބަބުން މި ހާއްސަ ހާލަތް ދިގުމުއްދަތުގެ މައްސަލައަކަށް ވެދާނެ ކަމަށެވެ.

ދުނިޔޭގެ އިގުތިސާދީ މާހިރުން ގަބޫލުކުރައްވަނީ މި ހާއްސަ ހާލަތް ދިގުމުއްދަތުގެ މައްސަލައަކަށް ވެދާނެ ކަމަށް ކަމަށާއި ލިބޭ އާމްދަނީއާ އެއްވަރަށް ބަޖެޓު ކުޑަކޮށްފި ނަމަ ރާއްޖޭގެ އިގުތިސާދު ކުޑަވެ، ދިގު މުއްދަތުގައި ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ހާލަތަށް ދިއުމަށް ހުށަހަޅާފައިވާ އުންމީދީ ބަޖެޓެއް ކަމަށެވެ.

އަންނަ އަހަރަށް 37 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވަނީ މިހާރު އޮތް އިޤްތިޞާދީ ހާލަތުން އަރައިގަނެ އިޤްތިޞާދު ކޮޅަށް ޖެހުމުގެ މަޤްސަދުގައި ކަމަށާއި އަދި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ވީހާވެސް އަވަހަކަށް މި އަޑި ގުދަންތަކުން އަރައިގަތުމަށް ކަމަށް އަމީރު ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ އިޤްތިޞާދު މިދިޔަ އަހަރުގެ ޑިސެމްބަރާއި އަޅާބަލައިރު މިވަނީ 85 ބިލިޔަން 54 ބިލިޔަން ރުފިޔާއަށް ކުޑަވެފަ، ލިބޭ އާމްދަނީ އެއްވަރަށް ޚަރަދު ކުޑަކޮށްފިނަމަ އަޅުގަނޑުމެންނަށް މި އަދަވަޅުން އަރައި ނުގަނެވޭ، ހަމައެކަނި ލިބޭ މިންވަރަކުން ޚަރަދުކޮށް އާމްދަނީ އިތުރުނުކޮށް ކުރިއަށް ނުދެވޭނެ، އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް އަވަހަށް 2019 ޑިސެމްބަރުގައި ތިބި ހާލަތަށް ދިއުން” އަމީރު

މީގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބޮޑެތި ހުރި ބޮޑެތި މަޝްރޫއުތަކަށް މިހާރު ވެސް ހުރީ ފައިސާ ހަމަޖެހިފައި ކަމަށެވެ.

އަމީރު ވިދާޅުވީ ބަޖެޓުގައިވާ ބޮޑެތި މަޝްރޫއުތަކަށް ފައިސާ މިހާރު ވެސް ހަމަޖެހިފައިވާކަން ބަޖެޓު ރަނގަޅަށް ބަލައިފި ނަމަ ސާފުވާނެ ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ،ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅުވައިލުން ފަދަ ބޮޑެތި މަޝްރޫޢުތަކަށް އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީން އެ މަޝްރޫއަށް 400 މިލިޔަން ޑޮލަރު އަދި އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއަށްވެސް ފައިސާ ވަނީ ހަމަޖެހިފައެވެ.

“އިންޑިއާގެ ލޯނާއި އެހީއާއެކު ބްރިޖް މަޝްރޫޢަށްވަނީ ބަޖެޓް ހަމަޖެހިފަ، ޕޯޓަށް ވަނީ ހަމަޖެހިފަ، މި މަޝްރޫޢުތަކަށް ލޯނު ލިބިފައިވަނީ މިހާތަނަށް ދައުލަތުން ނުނަގާވަރުގެ ކުދަ އިންޓަރެސްޓުގަ. މިއީ ފަންޑް ލިބިފައިވާ ބަޖެޓުން ހިންގާ ޚަރަދުތަކެއް” އަމީރު

ބޮޑެތި މަޝްރޫއުތައް މި ވަގުތަށް މަޑުޖައްސާލައި، އާމްދަނީ އިތުރުވުމުން އެ މަޝްރޫއުތައް ކުރިއަށް ގެންދަަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ގޮވައިލެއްވި އެވެ.

އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވަނީ އާދިއްތަ ދުވަހު އޮތް ބަޖެޓު ކޮމިޓީގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: