ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިގް ކުންފުނީގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތު!

އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީގެ މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިސްނަސް އިމޭޖް ގްރޫޕަށް (ބިގް) ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުގެ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓާއި ގުޅިގެން ބަލަން ފެށި މައްސަލައިގައި ހިމެނޭ ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާ ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން އުފައްދާފައިވާ ރިޕޯޓެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ވާގޮތުން މިއަހަރުގެ މާޗު މަހުގައި ބިގް ކުންފުނިން 2.15 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާ ކުރުމަށް ބީއެމްއެލްއަށް ދިޔުމުން އެ ފައިސާ ލިބުނު ގޮތެއް ހާމަ ކުރުމަށް އެދުމުން ބޭންކަށް ހިއްސާކުރި ލިޔެކިޔުންތަކުން ބީއެމްއެލްއަށް އެކަށީގެންވާ މިންވަރަށް އެފައިސާގެ އަސްލު ޔަގީން ނުވާތީ އެ ފައިސާ އެ ބޭންކުން ޖަމާކޮށްދީފައި ނުވާ ކަމަށެވެ.

ނަމަވެސް ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް 18 މާޗް 2020 ގައި އެ ފައިސާ ޖަމާކޮށްފައިވާކަން ލިޔުންތަކުން އެނގެން އޮތް ކަމަށާއި އަދި ޕޮލިޓިކަލް އެކްސްޕޯސްޑް ޕަރސަންސް، (ޕީއީޕީ) އަކާއި ގުޅުން ހުރި ކުންފުންޏެއްގެ އެކައުންޓަކަށް ބޮޑު އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި އެ ނަގުދު ފައިސާ ދިން ކަމަށް ބިގުން ބުނެފައިވާ ސިންގަޕޫރުގެ ކުންފުނީގެ އަސްލު ނޭގޭތީއާއި އެ ނަގުދު ފައިސާގެ އަސްލު ޔަގީން ނުވާތީ އެ މުއާމަލާތާއި ގުޅިގެން އެމްއެމްއޭގެ އެފްއައިޔޫއިން އެކުލަވާލި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގައި މަނީ ލޯންޑަރިން ކުށުގެ ކަންތައްތައް ހިމެނޭތޯ ބެލުމަށް އެ ރިޕޯޓު ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: