ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ބުރަވީ ޗައިނާ އަށް ދައްކަންޖެހޭ ފައިސާ ގިނަކަމުން: ނަޞީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ބުރަވެފައިވަނީ ޗައިނާ އަށް ދައްކަންޖެހޭ ލޯނު ގެ އަދަދު ގިނަވުމުގެ ސަބަބުން  ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސްގެ މެދުތެރެއިން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނުނު ގޮތުގައި ބަޖެޓު ބުރަވީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، އަނބުރާ ދައްކަން ބަލާއިރު ފަސް ބިލިއަނާއި ގާތްކުރާ އަދަދަކަށް ރުފިޔާ ބަޖެޓުގައި ލޯނު ދައްްކަން ޖެހުންކަމަށެވެ.

އޭގެއިން 80 އަށް ވުރެ ބޮޑު ޕަސެންޓަކީ ޗައިނާ އަށް ދޭންޖެހޭ ފައިސާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށާއި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: