ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި ހުރި ކަންކަން ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހުރި ކަންކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އަންނަ އަހަރުގެ ބަޖެޓަކީ ‘ޅޮސް ލަކުޑި’ ނުވަތަ އެއްވެސް ބާރެއް ނެތް ލަކުޑިގަނޑެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ ބަޖެޓު ފާސްކޮށްފިނަމަ ރާއްޖޭގެ މާލީ އިދާރާތަކުގެ އަގު ވެއްޓޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި ކަންކަން ކުރެވިދާނެ ކަމަށް ބަލައިގެން ބަޖެޓު ފާސް ކުރެވިދާނެ ކަމަށާއި، ނަމަވެސް އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެމަނކިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފައިވާ ކަންތައްތަކަށް ފައިސާ ލިބޭނެ ކަމަށް ރާއްޖޭގެ އެކަކު ވެސް ގަބޫލުނުކުރާނެ ކަމަށް ވިދާޅުވި އެެވެ.

މީގެ އިތުރުން، ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވަނީ ނުވާނެ ކަންތައް ބަޖެޓުގައި ޖެހުމުގެ ބޭނުމެއް ނެތް ކަމަށާއި، ބަޖެޓު އަނބުރާ ގެންގޮސް، ކުޑަ ކުރުމަށް ގޮވާލައްވާފައެވެ.

މިކަމާ ގުޅިގެން ނަޝީދު ވިދާޅުވީ ސީދާ ކުރެވެން ހުރި ކަންކަމަށް ބަޖެޓު އެކުލަވާލުމުން ޑެފިސިޓް ނުވަތަ ދަރަނި ކުޑަވާނެ ކަމަށާއި، އެކަން ކުރެވުމުން ބަޖެޓް ރީތިކޮށް ފެންނާނެ ކަމަށެވެ. އަދި ބަޖެޓް ރީތިކޮށް ފެނުނު ވަރަކަށް ރާއްޖޭގެ މާލީ އިދާރާތަކަށް އިތުބާރު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: