ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހުނު މީހުންގެ އަދަދު މައްޗަށް، މިއަދު އެކަނިވެސް 110 ކޭސް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މިއަދު 110 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 79 ބިދޭސީންނާއި 31 ދިވެހިން ކަމަށެވެ. މިއީ ދުވަސްތަކަކަށްފަހު ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،314 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 18 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،316 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން 43 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 35 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: