ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ އަގީދާ ބަދަލުކުރަން ތަފާތު ދަންނަ ބޭކަލުންގެ ނަމުގައި މީހުން މަސައްކަތް ކުރޭ: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ އަގީދާ ބަދަލުކުރަން ތަފާތު ދަންނަ ބޭކަލުންގެ ނަމުގައި މީހުން މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖެ ބޯލަނބަން ފެށީ ސޫފީ ދަންނަ ބޭކަލުންގެ މަޑުމައިތިރި ސުލްހަވެރި މަސައްކަތް ފުޅުން ކަމަށެވެ. ނަމަވެސް ދިވެހިންގެ އަގީދާ ބަދަލުކުރަން ތަފާތު ދަންނަ ބޭކަލުންގެ ނަމުގައި މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

“ދިވެހިންގެ އިސްލާމީ އަގިދާ ނުގުޑާ. ރާއްޖޭ އިސްލާމްވީ ދުވަހުގެ ތަހުނިޔާ.” ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް މި ދުވަސް ފާހަގަ ކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރެއްވުން ވަނީ ހުއްޓަވާލައްވާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރަމުންނެވެ.

ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: