ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށި ގޮނޑު ނައްތާލުމަކީ ބޮޑު ގޮންޖެހުމެއް، އަމާޒަކީ ތިލަފުށިން ދުން އެރުވުން ހުއްޓުވުން: މިނިސްޓަރ

އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން/ ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ހެދިފައިވާ ގޮނޑު ނައްތާލުމަކީ ބޮޑު ގޮންޖެހުމަކަށްވާނެ ކަަމަށާއި އަމާޒަކީ ތިަލފުށިން ދުން އެރުވުން ހުއްޓާލުންކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެއަހަރު ފުރުނުއިރު، އެންވަޔަރަމަންޓް މިނިސްޓްރީއިން ހާސިލްކޮށްފައިވާ ކާމިޔާބާއި ގުޅޭގޮތުން “ސަންގު ޓީވީ”އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ކުންޏަކީ ރާއްޖޭގެ ވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަަމަށެވެ. ރާއްޖެއަށް ލިބޭ އާމްދަނީގެ މައިގަނޑު އެއް އަސާސަކީ ރާއްޖޭގެ ރީތިކަންކަމަށާއި އެހެންނަމަވެސް، މޫދަށް ކުނި އަޅަމުންދިޔުމުެގ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި އުފެދޭ ކުނި މަދުކުރުމަށް އަދި ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން، ބޭނުންކުރުން އަދި އުފެއްދުން ހުއްޓާލުމަށް ކެބިނެޓުން ނިންމެވި ނިންމެވުމަށް އަމަލުކުރެއްވުމަށް މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފައިކަމަށް ވިދާޅުވިއެވެ. އަދި ޖެނުއަރީ މަހު އަމަލީ ގޮތުން މަސައްކަތް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ކޮންމެ ރަަށެއްގައިވެސް އުފެދޭ ކުނީގެ ތެރެއިން، ތޮބީއީ ގޮތުން ނައްތާލެވޭނެ ކުނި އެރަށެއްގައި ނައްތާލެވޭނެ އިންތިޒާމް ހަމަޖެއްސިގެންދާނެ ކަމަށެވެ. އެގޮތުން  ކާބޯތަކެތި، ފަތްޕިލާވެލީގެ ބާވަތްތައް އެެރަށެއްގައި މެނޭޖްކުރެވޭނެ ނުވަތަ ނައްތާލެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އެރަށެއްގައި ނައްތާނުލެވޭނެ ފަދަ ޒާތުގެ ކުނި، ސަރަހައްދީ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރަހައްދީ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ފޮނުވަމުންދާނީ ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ދަގަނޑު، ޕްލާސްޓިކް ފަދަ ކުނީގެ ބާވަތްތައްކަމަށް ވިދާޅުވިއެވެ.

މިހާރުވެސް ރ އަތޮޅުގައި އެފަދަ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ވަނީ ގާއިމްކުރެވިފައި. ރ އަތޮޅުގެ ސެންޓަރަަށް އުތުރުގެ ރަށްތަކުން ކުނި ގެންދާނެ

މިނިސްޓަރ ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގެ ދެވަނަ މަރުކަޒެއް ގާއިމްކުރެވިފައިވަނީ ތިލަފުށީގައި ކަމަށެވެ. މާލެއިން އެކަނިވެސް ދުވާލެއްގެ މައްޗަށް 500 ޓަނު ކުނި އުފައްދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މާލެއިން އުފައްދާ ކުނީގެ 60 އިންސައްތައާއި 65 އިންސައްތައާ ދޭތެރޭގެ ކުންޏަކީ ކާބޯތަކެތީގެ ޒަރީއާއިން އުފެދޭ ކުނިކަމަށެވެ.

ތިލަފުށީގައި ހެދިފައިވާ ކުނިގޮނޑު ނައްތާލުމަކީ ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެގޮނޑު ނައްތާލުމަށް އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ތިލަފުށިގައި ގާއިމްކުރަމުންދާ އިންފްރާސްޓްރަކްޗަރގެ މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ ތިލަފުއްޓަށް ކުނި ހިފައިގެންދާ އުޅަންދުތައް ކައިރިކުރެވޭނެ އިންތިޒާމެއް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ އެކި ވައްތަރުގެ ކުނި ވަކިކުރުމަށް ބަހައްޓާ ވޭސްޓް ސޯޓިން މެޝިންތައް ބެހެއްޓުމަށް ބޭނުންވާ ތަޅުން އެޅުމުގެ މަސައްކަތްކަމަށެވެ. އަދި އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ގަލާއި ސިމެންތި ރީސައިކްލް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް، ކޮންމެހެން އެންދުމަށް ބޭނުންވާ ކުނި އެންދުމަށް ދުވާލަކު 500 ޓަނު ކުނި އެންދޭވަރުގެ ޕްލާންޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިމަސައްކަތް ސެޕްޓެމްބަރު 2023 އަށް ނިންމާލެވޭނެކަމަށާއި އެހެންނަމަވެސް، ވީއެންމެ އަވަހަކަށް ތިލަފުށިން ދުން އެރުވުން ހުއްޓުވުމަށް މިހާރުވެސް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިނިސްޓަރު ތިޔަވަރު ކަމެއްކުރާނެ ބޮލެއްނެތް އެއީބީތާވެފާހުރި އަދިބޮލައްފިތާލައިފާހުރި މެކުނެއް ހެން އުޅޭމީހެއް ކަމެއްކުރާނީކިހިނެތް އަމިއްލައެދުމައިގެން ހުންނާނީ ބޫތުގަންފައި ތިޔަމިނިސްޓްރި ތިޔަމީހާއާއިހަވާލުކުރިތިވެ ދެރަވަރުކަމެއްތީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: