ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެލެކޮމް ހިދުމަތް ދެނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ މަޖިލީހަށް ގަރާރެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ގެއްލުންވާގޮތަށް ޓެލެކޮމް އޮޕަރޭޓަރުންނަަށް ބޮޑު ފައިދާވާ ގޮތަށް ކަންކަން ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ.

ބޮންޑޭ ހުށަހެޅި ގަރާރުގައި ވަނީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދިނުމުގެ ހިދުމަތް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތް (ޓެލެކޮމް އޮތޯރިިޓީ) ކަންތައްތައް ތަރުތީބުކޮށްފައި އޮތީ ގާނޫނުތަކަށް ބެލުމެެއް ނެތި އޮޕަރޭޓަރުންނަށް ފައިދާވާ ގޮތަށް ކަމަށެވެ. އެކަން ނިމުމަކަށް ގެންނަން ސަރުކާރަށް ގޮވައިލައްވަނީ ރައްޔިތުންނަށް ނުހަނު ގެއްލުންވާ ގޮތަށް ގިނަ ކަންތައްތަކެއް ތަރުތީބުކޮށްފައިވާތީ ކަމަށް ގަރާރުގައި ބޮންޑޭ ވިދާޅުވި އެވެ.

ރާއްޖޭގައި އިންޓަނެޓް އަގުހެޔޮ ކުރުމުގެ ނަމުގައި އިތުރު ފަރާތްތަކަކަށް އޮޕަރޭޓާ ލައިސެންސް ދިން ނަމަވެސް، އޮޕަރޭޓަރުން އަމަލު ކުރަން ޖެހޭ މިންގަނޑުތަކާއި ކަސްޓަމަރުންގެ ހައްގުތައް ކަށަވަރުކޮށްދީފައި ނުވާކަން އެ ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަންކަން ކުރުމަށްްޓަކައި ހަދަން ޖެހޭ ގަވައިދުތައް ނުހަދާ، އިތުރު ޓެލެކޮމް އޮޕަރޭޓަރުންނަށް ކަންކަން ފަހިވާ ގޮތަށް ހުއްދަ ދިނުމުން އެކަމަކީ ކަސްޓަމަރުންނަށް ފައިދާވާނެ ކަމަކަށް ނުވާނެ ކަމަށް ބޮންޑޭ ވަނީ ގަރާރުގައި ސަމާލުކަމަށް ގެނެސްފަ އެވެ.

“އޮޕަރޭޓަރުންގެ ޗެކްއެންޑް ބެލެންސް ފަދަ ކަންކަން ބެލޭނެ ފަދަ ގޮތްތަކަކަށް ހަދާފައި ނުވުމުގެ ސަބަބުން، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުމެވާނޭ މަގުން އިތުރު ޓެލެކޮމް އޮޕަރޭޓަރަކަށް ބިލިއަނުން ފައިދާވާ ވިޔަފާރިއެއް އުފެއްދުމަށް ދޫކޮށްލައިގެން ހުރެވެން ނެތުމުން އެކަން ފާހަގަކޮށް ކުއްލި މައްސަލަ ހުށަހަޅަމެވެ،” ބޮންޑޭގެ ގަރާރުގައި ބުނެފައިވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބޮންޑާ ވަރުގެ މެންބަރެއް ނެތެއްނުން……. އެމްޑީޕީ ގަ ހުއްޓަސް ރައްޔިތުންގެ އިޙްސާސްތައް ކުރިއަށް އެ ނެރެނީ……މަށާ ބޮންޑާ އި ވަރަށް ކުރިން ވެސް ބައްދަލުވި…..އޭރު ވެސް ހުރީ މި ވިސްނުންފުޅު….. ރައްޔިތުންނަށް ފައިދާ ވަނީ ކޮންކަމެއް ތޯ ބެލުން.. … ބޮންޑާ އެންމެ ފުރިހަމަ ވަނީ ނަޝީދު އެ ދައްކާ ދީނާ ހިލާފު ވާހަކަ ތަކަށް ވެސް ރައްދެއް ދިނީޔާ….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: