ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑަށް ވޯޓު ދޭން ފުރުސަތު ލިބިއްޖެނަމަ މިބަޖެޓަށް ވޯޓު ނުދޭނަން: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުއްވި ބަޖެޓަށް ވޯޓު ދެއްވަން ފުރުސަތު ލިބިވަޑައިގެންފިނަމަ އެ ބަޖެޓައް ވޯޓު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓާ ބެހޭ ގޮތުން މެމްބަރަކު ދެއްކެވި ވާހަކައަަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭ ކަރުދާހުގައި ދައުލަތުގެ ދަރަނި 13.4 ޕަސެންޓުގައި ހުރުމަށްފަހު 23.4 ޕަސެންޓަށް އަރާނެކަމަށް ލަފާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބަޖެޓްގައި ހިމަނާފައިވާ ދަރަނީގެ ޢަދަދާއެކު ބަޖެޓް ފާސްކޮށްފިނަމަ މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކުރާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑު އަތުގައި ދޭނެ ވޯޓެއް ނެތް އަޅުގަނޑު މި ގޮނޑީގަ ރިޔާސަތުގައި އިންނާތީ. އެހެންނަމަވެސް އަޅުގަނޑު ހަމަ ދަންނަވާނީ އަޅުގަނޑު މައްޗަންގޮޅި މެދު ގޮނޑީގައި އިންނަމަ މިއީ މި ޑެފިސިޓާއެކު ވޯޓު ދެވޭނެ ބަޖެޓެއް ނޫނޭ.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދަރަނި އަނބުރާ ދެއްކުމަށް ބަޖެޓްގެ ތިން ތަނެއްގައި ފައިސާޖަހާފައިވާ ކަމަށާއި އެއީ އިންޓަރެސްޓް ދެއްކުމަށް، ޕްރިންސިޕަލުން ދައްކަން ޖެހޭ ބައިދެއްކުމަށް އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ކެޕިޓަލައިޒްކޮށްގެން ކަމަށެވެ.

އޭގެ ތެރެއިން ދަރަނި އަނބުރާ ދެއްކުމަށް މުޅި ޖުމްލަ ފަސް ބިލިޔަނެއްހާ ރުފިޔާ ހިމަނާފައިވާ ކަމަށާއި އެމަނިކުފާނެ ދެކިވަޑައިގަންނަވާ ގޮތުގައި އަޅުގަނޑު އެ ހުރިހާ ލާރިއެއް ބަޖެޓުން ކަނޑާލަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: