ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވަހަކު ވެސް ވައްކަމެއް ނުކުރާނަން، ކުރިޔަސް ނޭނގޭނެ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެމްޑީޕީގެ އިވެންޓެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުވަހަކުވެސް ވައްކަމެއް ނުކުރާނެ ކަމަށާއި ތުހުމަތުތައް އަމާޒު ކުރާ މީހުންނަށް ވައްކަން ކުރިޔަސް ނޭނގޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން “ސަންގު ޓީވީ” އިން ކުރިއަށްގެންދާ ޚާއްސަ ކަވަރޭޖްގައި ބައިވެރިވަޑައިގެން ކުރި ސުވާލުތަކަށްް ޖަވާބު ދެއްވަމުން މިނިސްޓަރ ވިިދާޅުވީ އެމަނިކުފާނު މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ އިންޓަގްރިޓީ ފިޔަވައި މާބޮޑު އެއްޗެއް އޮވެގެން ނޫންކަމަށެވެ. އެހެންނަމަވެސް، މިހާރު އިންޓަގްރިޓީވެސް ކިލަނބުކޮށްފައި ވާ ކަމަށާއި އެތުހުމަތުތައް އައި ފުރަތަމަ ދުވަސްކޮޅު ވަރަށް ދެރަވެ، މާޔޫސްވިކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިގެން ގޮސްފައެވެ. އަދި ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީ މެމްބަރުންގެ ސޮއިވެސް ވަނީ ހޯއްދަވާފައެވެ. އެމަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. މީގެ އިތުރުން، ޕާޓީގެ ރައީސާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިމަސައްކަތް ކުރުމުގައި އިސްކޮށް އުޅުއްވާފައެވެ. އެހެންނަމަވެސް، މަޖިލީހަށް މައްސަލަ ވައްދަން ބޭނުންވާ 10 ވޯޓު ހަމަވިކަމުގައިވިޔަސް، ފައްޔާޒް މަގާމުން ވަކިކުރުމަސް ބޭނުންވާ 44 ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން އެބޭފުޅުންނަކަށް ނެތެވެ.

އެމްޑީޕީގެ ބައެއް އިސް ލީޑަރުން ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އޮގްސްޓް މަހުގެ ތެރޭގައި މަސައްކަތްކުރިއިރު، ސަރުކާރުގެ ކުންފުނިތައް ގިނަ ކުރަނީ ފައްޔާޒަށް އެހެން މިނިސްޓްރީތަކުގެ ބާރުތައް ލިބޭނެގޮތް ހެދުމަށް ކަމަށް އާޒިމް މިހާރު އަންނަނީ ތުހުމަތު ކުރައްވަމުންނެވެ. ނުސީދާގޮތުން ކޮރަޕްޝަންގެ ތުހުމަތު ކުރައްވަމުން އާޒިމް ވިދާޅުވީ ފާއިތުވި ދެއަހަރުގެ ތެރޭގައި 10 ކުންފުނި އަލަށް އުފައްދައިފި ކަމަށާއި އެއީ މިނިސްޓަރ ފައްޔާޒްގެ އަމިއްލަ ފައިދާއަށް ހެދި ކުންފުނިތަކެއް ކަމަށެވެ.

ތުހުމަތުތަކާއި ގުޅޭގޮތުން ސުވާލުކުރުމުން، މިނިސްޓަރ ވިދާޅުވީ ނަފްރަތުކުރާ މީހުން އެވާހަކަތައް ގަބޫލުކުރާނެކަމަށާއި އިތުބާރުކުރާ މީހުން އެވާހަކަތައް ގަބޫލުނުކުރާނެ ކަމަށެވެ. ދެން ތިބޭނީ މެދުގައި ތިބޭ ބައެއް ކަމަށާއި އެމީހުންނަށް ކޮންމެ ގޮތެއްވެސް ވަރިހަމަވާނެ ކަމަށެވެ. ތުހުމަތުތައް ކުރެވުނު ފުރަތަމަ ދުވަސްކޮޅު، ދެރަވެ މާޔުސްވި ކަމަށާއި އެހެންނަމަވެސް، މިހާރު ތުހުމަތުތަކަށް މާބޮޑު ފަރުވާލެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މާޔޫސްކަމުގެ ސަބަބުން މަސައްކަތަށް ބުރޫ އަރުވަން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ.

“މެންޑޭޓް ވަރަށް ބޮޑު. ތުހުމަުތައް އަންނާނެ އެެކަމަކު މާޔޫސް ކަމުގައި މަސައްކަތަށް ބުރޫ ނާރުވަން ނިންމައިފިން” ފައްޔާޒް

މިނިސްޓަރ ވިދާޅުވީ، ބާރުގަދަ ނުވަތަ މަގްބޫލް މީހަކަށް، އެހެން މީހެއް އަބުރު ކަތިލުމަކީ ވަރަށް ފަސޭހަކަމެއް ކަމަށެވެ. އަދި މިހާރު އެފަދަ ތުހުމަތުތައް ބަލަން އެއްވެސް ހުރަހެއް އޮންނާނެކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މަޖިލީހުންވިޔަސް، ތަހުގީގީ އިދާރާތަކުންވެސް އެމައްސަލަތައް ބަލަންވީ ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ކަމެއް ސާބިތުވެއްޖަނަމަ، ދެން އެމަނިކުފާނަށްވެސް ކުރެވޭނެކަމެއް ނެތްކަމަށެވެ.

“ވައްކަމެއް ނުކުރާނަން. އެ ބޭފުޅުންނަށް އެހީވާގޮތަށް “ބްރޯއަކަށް” މެސެޖްކޮށްގެން ކަމެއް ނުވެސް ކުރާނަން. އަޅުގަނޑު ކުރިޔަސް އެބޭފުޅުންނަށް ނޭންގޭނެ. އެއަށްވުރެ ފެންވަރު ރަނގަޅުވާނެ” ފައްޔާޒް

އެމްޑީޕީ ތެރޭގައި “ބްރޯ ހެދިގެން” ނޫޅުއްވުމަށްރައީސް ނަޝީދު ވަނީ ފައްޔާޒަށް އިންޒާރު ދެއްވާފައެވެ. ފެންނަމުންދާ މަންޒަރަކީ މިނިސްޓަރ ފައްޔާޒް ބޮޑުކަން ދައްކައި ނުފޫޒްފޯރުވައިގެން ހުރިހައި ތަނަކަށް އަތްބާނާ މަންޒަރުކަމަށް ރައީސް ނަޝީދު އޭރު ވަނީ ވިދާޅުވެފައެވެ. އަދި ނުފޫޒް ބޭނުން ކުރައްވައިގެން އެކިއެކި ފަރާތްތަކަށް މިނިސްޓަރ ފައްޔާޒް ކޮންޓްރެކްޓްތައް ދީ ހައްދަވާ ކަމަށާއިި ފައްޔާޒްވެސް ނިޒާމުގެ ތެރެއިން އުޅުއްވުމަށް ރައީސް ނަަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮރަޕުސަނުގެއަމަލެއް، ހިންގިކަން ސާބިތު ނުވާހާ ހިނދަކު އެފަދަ އަމަލެއް ހިންގާނެކަމަށް ޤަބޫލެއްނުކުރެވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: