ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ފެންނަ ގޮތާ އަޅުގަނޑަށް ފެންނަގޮތް އެއްގޮތްވާކަށް ނުޖެހޭ: ނަޝީދު

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނަށް ކަންކަން ފެންނަ ގޮތް ސަރުކާރާ އެއްގޮތްވާން ކޮންމެހެން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލާކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގެ މެމްބަރުން ފާޅުކުރައްވާފައިވާ ޚިޔާލާއި، ސަރުކާރުގެ އިސްވެރިން ދެކޭ ގޮތާއި އެއްގޮތްވާން ނުޖެހޭކަމަށެވެ. ވަކިން ޚާއްސަކޮށް ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވަނީ ޗައިނާގެ ދަރަންޏާއި ހެދިކަމަށް ވިދާޅުވެ ދައްކަވާ ވާހަތައް މިއަދުވެސް ނަޝީދު ވަނީ ތަކުރާރު ކުރައްވާފައެވެ.

“މަޖިލީހުގެ ވާޖިބަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ގާނޫނު ހެދުން. އަދި ހާއްސަކޮށް ބަޖެޓް ދިރާސާ ކުރުމާއި އެ ބަޖެޓް ފާސްކުރުން. ބަޖެޓްގެ ބަހުސްގެ ތެރޭގައި ދަރަނީގެ ނުކުތާތައް ފާހަގަވާނެ. ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އަނބުރާ ދައްކަން ޖެހިފައިވާ ގައުމަކީ ޗައިނާގައިވާ އެކިއެކި ބޭންކުތައް. އަޅުގަނޑުމެން ދަރާ އޮތީ ޗައިނާ އަށް ކަމާއި އެ ދަރަނި ޗައިނާ އަށް އަންނަ އަހަރު ދައްކަންޖެހޭ ކަމާއި، މިހިރީ ހަގީގަތްތައް” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހަތުރަކަށް ވިޔަސް އަދި ރަހުމަތްތެރިއަކަށް ވީ ނަމަވެސް ހަގީގަތްތައް ހާމަކުރަމުންދާން ޖެހޭނެ ކަމަށާއި އެގޮތުން މާތްﷲ ގަންދީ ހުވާކޮށްގެން ތިބެނީ ވެސް ހަގީގަތް ހާމަކުރުމަށް ކަމަށެވެ. އަދި ބަޖެޓްގެ ކުރިން މަޖިލީހުން އެކުލަވާލި ދަރަނީގެ ރިޕޯޓުން ވެސް ވަރަށް ގިނަ ހަގީގަތް ހާމަވި ކަމަށާއި އެ ހަގީގަތްތަކުގެ ވާހަކަ ދައްކަމުންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: