ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓު ހުޅުވަން ރައީސް ސޯލިހު ހޯރަފުއްޓަށް ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ހޯރަފުށީގައި ތަރައްގީ ކުރި އެއާޕޯޓް ހުޅުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ވަޑައިގެންފިއެވެ.

މިއަދު މެންދުރު ރައީސް ސޯލިހު ހޯރަފުއްޓަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ސަގާފީ ހަރަކާތްތަކާއެކު ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާނީ މިއަދު ހަވީރު 4 ޖަހާއިރު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއާޕޯޓު ހުޅުވުމަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެއާޕޯޓު ހުޅުވުން ވަނީ މިއަދަށް ފަސްކޮށްފައެވެ.

ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން ހެދި މި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2019 ވަނަ އަހަރު މާޗު 25 ވަނަ ދުވަހުއެވެ.

ހޯރަފުށީ އެއާޕޯޓަކީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާއި އެކު ހަދާފައިވާ އެއާޕޯޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: