ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ އާރިފްގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި

ގާޒީ އާދަމް އާރިފް-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް ކޯޓްގެ ގާޒީ އާދަމް އާރިފްއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ބެލި ސުކޫލީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ އާރިފްއާ ގުޅޭ ގޮތުން ޖޭއެސްސީން ތަހުޤީގު ކުރި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި އެކޮމިޝަންގެ 87 ވަނަ ބައްދަލުވުމުގައި ކަމަށެވެ. ނަމަވެސް މިމައްސަލައިގެ ނިންމި ގޮތުގެ މާބޮޑު ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައި ނުވެއެވެ.

އާރިފްއާ ގުޅޭގޮތުން ޖޭއެސްސީން އިސްނަގައިގެން ސުލޫކީ މައްސަަލައެއް ބަލަން ފެށީ އޭޕްރީލް 24، 2019 ގައެވެ. އެދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަންގެ ގާނޫނުގެ 22.1 ވަނަ މާއްދާގެ (ބ)ގެ ދަށުގައިވާ ފަދައިން، މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، ކޮމިޝަނުގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮމިޓީއިން ބަލަން ނިންމާފައިވާ މައްސަލައެއްގެ ތަހުގީގު ކޮމިޓީ އެކުލަވާލި ކަމަށެވެ.

މިދިޔަ އަހަރުގައި ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާކަމަށް ޖޭއެސްސީއިން ބުނެފައިވަނީ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކުރެއްވި ދުވަސްވަރުގައެވެ. އޭގެ ކުރިން ގާޒީ އާރިފް ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: