ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓިކް އަސާސެއްގެ މައްޗަށް ބިނާކޮށް މައްސަލަ އައިނަމަ، އިމްރާނާއި ދެކޮޅަށް ވޯޓު ދޭނަން: ހަލީމް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމްކޮރެޓިކް އަސާސެއްގެ މައްޗަށް ބިނާކޮށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅިނަމަ، މިނިސްޓަރ އިމްރާން އަބްދުﷲއާ ދެކޮޅަށް ވޯޓު ދޭނެކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅައި، މައްސަލައާމެދު ބަހުސްކުރަމުން އަންނައިރު، މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުންނެވެ. އަދި މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދުނުކުރެއްވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ.

ހަލީމް ވިދާޅުވީ، މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅި މަގްސަދު ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. މިއީ ދީނީ ޖަމިއްޔާއެއްގެ ނަމުގައި އޮވެ ސިޔާސީ ފިކުރު ޕްރޮމޮޓްކުރަން މަސައްކަތްކުރަމުންދާ ސަލަފް ޖަމިއްޔާގެ މަސައްކަތެއް ކަމަށާއި އެޖަމިއްުޔާގެ ބޭފުޅުންގެ މަސައްކަތަކީ ސިޔާސީ ޕާޓީއެއް ނުހަދައި، މަޖިލީހުގައި އޮތް ވަރުގަދފަ ސިޔާސީ ޕާޓީއެއް މެދުވެރިކޮށް މިފަދަ މަސައްކަތްތައް ކުރުން ކަމަށެވެ. ކުރީގައި ލަވަކިޔައިގެން މަޝްހޫރުކަން ހޯދި ބޭފުޅަކު، ދީނީ އިލްމުވެސް އުނގެނުމެއްނެތި، ޝޭޚެއް ފަދައިން މިހާރު ދީނީ ޕްރޮގްރާމްތައް ހުށައަޅާ ބޭފުޅަކު ގެންގުޅުއްވާ ސަލަފް ޖަމިއްޔާ މިހާރު އެދަނީ ސިޔާސީ ޕާޓީއަކާއި ދިމާލަށް ކަމަށާއި އެންމެ ބުއްދިވެރި ގޮތަކީ ސިޔާސީ ޕާޓިއެއް ހެދުންކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، ޕާޓީއެއް ނުހަދައި ތިބ،ެ އެމީހުންގެ ފިކުރު ޕީޕީއެމް/ޕީއެންސީ ފަދަ ވަރުގަދަ ޕާޓީތައް މެދުވެރިކޮށް މަޖިލީހަށް ވައްދަން މަސައްކަތްކުނުކުރެއްވުމަށް ގޮވާލެއްވިއެވެ.

ހަގީގީ ޑިމޮކްރެޓިކް އަސާސެއްގެ މައްޗަށް ބިނާކޮށް މައްސަލަ ހުށައެޅުއްވިނަމަ، މިއަދު އިމްރާނާއި ދެކޮޅަށް ވޯޓު ދިނީމުސް

އިިމްރާނާއި ދެކޮޅަށް މިއަދު ވޯޓު ދެވެން ނެތީ ސަލަފް ޖަމިއްޔާއިން ސިޔާސީ ޕާޓީއެއް މެދުވެރިކޮށް މިމައްސަލަ މަޖިލީހަށް ވެއްދުމުންކަމަސް ހަލީމް ވިދާޅުވިއެވެ. ހަލީމް ވިދާޅުވީ ދީނީ ބޭފުޅުން ކުރައްވަންވީ ދީނީ މަސައްކަތް ކަމަށާއި، އެހެންނޫންނަމަ، ސިޔާސީ ޕާޓީ ހަދައިގެން މަސައްކަތް ފަށަންވީކަމަށެވެ. އަދާލަތު ޕާޓީވެސް މަސައްކަތްކުރަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށާއި، އެހެން ދީނީ ޖަމިއްޔާތަކުންވެސް ސިޔާސީ ޕާޓީއެއް ގޮތަށް ރަޖިސްޓްރީކޮށްގެން، މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްގެން މަސައްކަތްކުރަންވީ ކަމަށެވެ. އެހެންނަމަވެސް، ސިޔާސީ މައިދާނުން ބޭރުގައި ތިބެގެން، ސިޔާސީ ޕާޓީތަކުން ލައްވާ ކުރާ މަސައްކަތްތައް ކުށްވެރިކުރާކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: