ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު ގުރްއާން ހިތުދަހެއް ނޫން، މަޖިލީހުގައި ގުރްއާނުގެ އާޔަތްތައް ވިދާޅުނުވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ވާހަކަފުޅު ދައްކަވާއިރު ގުރްއާނުގެ އާޔަތްތަކާއި، އޭގެ މާނަ ވިދާޅުނުވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިތުބާރު ނެތްކަމުގެ މައްސަލާގައި މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ނަޝީދު ވަނީ އޭނާ ހުއްޓުވައި ވަނީ މަޖިލީހުގައި ގުރްއާންނުގެ އާޔަތް ވިދާޅުވެ މާނަ ނުކިޔުމަށް އެދިވަޑައިގެންފައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ގުރްއާން ހިތުދަސް ބޭފުޅެއް ނޫން ކަމަށާއި މަޖިލީހުގައިވެސް ގިނައިން ތިއްބެވީ ގުރްއާން ހިތުދަސް ޝައިހުންނަށް ނުވުމުން ގުރްއާން ވިދާޅުވެ މާނަ ވިދާޅުވުމުން އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެހެންވުމުން އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވާއިރު ގުރްއާނާއި އޭގެ މާނަ ވިދާޅުނުވުންކަމަށް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑު ޤުރުއާން ހިތުދަހެއްނޫން. އެހެންވީމާ އަޅުގަނޑު މިތަނުގައި ރިޔާސަތުގައި އިނދެ، އިއްޒަތްތެރި މެމްބަރުން ޤުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ދާއިރުގައި، އަޅުގަނޑަށް އޭގެ ކަށަވަރުކަން ސައްޚަ ކުރެވޭނެ ގޮތެއްނޯވޭ. އަޅުގަނޑު ރިޔާސަތުގައި އިނދެ އަޅުގަޑަށް ކަށަވަރު ކޮށްދެވޭކަށް ނޯވޭ، ބައެއް ފަހަރަށް އިއްޒަތްތެރި މެމްބަރުންނަކީ މިތަނުގައި ޝޭހުން މަދު ދީނީ އިލްމުވެރިންނެއްނޫން. އިއްޒަތްތެރި މެމްބަރުންނަކީ އެމަޤަަމަށް ވާހަކަ ދެއްކެވީމާ އަޅުގަނޑަށް ވަރަށްބޮޑު އުދަނގޫ ކަމެއް ދިމާވާތީ އެވާހަކަ ދަންނަވާލީ.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ރައްދު ދެއްވައި ސަލީމް ވިދާޅުވީ އެމަނިކުފާނުގެ ހިތް ޕުޅުގައި ގުރްއާނާއިމެދު އޮންނަ ހިލާފްތަކެއްގެ ސަބަބުންކަމަށް ވިދާޅުވެފައެވެ. ސަލީމް މިހެން ވިދާޅުވުމާއިއެކު ވަރަށްބޮޑަށް ކޯފާ އިސްކުރައްވައި ނަޝީދު ވަނީ އެހެން ވިދާޅުވު ނުވެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އެހެން ވިދާޅުވީ ގުރްއާނާއިމެދު އޮންނަ ލޯތްބާއި ގަދަރެއްގެ ބޮޑުކަމުން ކަމަށާއި ގުރްއާނުގެ މާނަ ނޭގި އަދި ގުރްއާން ހިތުދަސް މީހަކު ނެތްއިރު ނުބައިކޮށް ގުރްއާން ކިޔެވުމަކީ އޭގެ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައްދުގައި ސަލީމް ވިދާޅުވީ މިކަމުގައި އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގެ ރައީސް ގުރްއާނުގެ ތަރުޖަމާއެއް ހިތްޕަވައިގެން ރިޔާސަތުގައި އިންނެވުން ކަމަށެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 6%ވަރަށް ދެރަ 34%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ގުރުއާން ކިޔަވަންޖެހެނީ ހަމައެކަނި ގުރުއާން ހިތުދަސް މީހުން ތިބޭ ތަންތާނގައި އެކަނިބާ. މެންބަރުން ދައްކާ ހުރިހާ ވާހަކައަކީ މަޖިލިސް ރައީސަށް ހިތުދަސް އެއްޗަކަށް ވާކަށް ނުޖެހޭ. ޖާބިރު އިޓަލީ ބަހުން ވާހަކަދެއްކި. މޯދީ ހިންދީ ބަހުން ދެއްކި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: