ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސިޔާސީ ފިއްތުންތަކުގެ ސަބަބުން ޖަލުގައި ހުރި މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް އަޅުގަނޑު ނުވާނަން”

ކުރީގެ ރައީސް ޔާމީން އަދި ހޯމް މިނިސްތަރ އިމްރާން އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ކުރިމަތިކުރުވާ ފިއްތުންތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަންޖެހޭ މީހަކު ޖަލުން ނެރެދިނުމުގެ މޭސްތިރިއަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެންނެވެ. އެގޮތުން މި މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއެކުއެވެ.

މި މައްސަލަ މަޖިލީހަށް ވެއްދީ ހުޅުމާލެ ފަޅުގައި އޮތް ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި، އެކަމަކީ އާދައިގެ ކަމެއް ކަމަށް ސިފަވާގޮތަށް އިމްރާން ވާހަކަ ދެއްކުމުންނާއި މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިއަދު މަޖިލީހަށް ވަޑައިގެން އިމްރާން ވިދާޅުވީ މި މައްސަލައަކީ ބަހަނާއެއް ކަމަށާއި އަދި މިއީ ނުވާ ކަމެއް ވުޖޫދުކޮށްގެން، ސިޔާސީ މަސްރަހު ހަލަބޮލިކޮށް، ސަރުކާރު ބަލިކަށިކޮށް، ހަލަބޮލިކަމުގެ ހިޔަނީގައި މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް ކަމަށެވެ.

“11 މެންބަރުން ސޮއިކުރައްވާ އަޅުގަނޑުގެ މައްޗަށް ހުށައަޅާފައިވާ މައްސަލައަކީ ބަހަނާއެއް، އެއީ ނެތް ރޮނގެއް ކުރަހައިގެން، ސިޔާސީ މަސްރަޙް ހަލަބޮލިކޮށް، ސަރުކާރު ބަލިކަށިކޮށް ހަލަބޮލިކަމުގެ ހިޔަނީގައި މިސަރުކާރު ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް.” އިމްރާން ވިދާޅުވިއެވެ.

އަދި ސަފާރީ ކޭސްގެ މައުލޫމާތު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ސިޔާސީ ބޭނުމަކަށް ސަފާރީ މައްސަލައިގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މިންވަރަކަށް އެއްވެސް އަންހެނަކަށް ގޯނާއެއް، ފުރައްސާރައެއްކޮށްގެން ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ފިޔަވަޅު އަޅަންޖެހޭ ކަންކަން ކަމަށާއި، އެފަދަ ކަންކަމަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި އެ މައްސަލައާ ގުޅިގެން ބުނެފައިވާ އެއްޗެއްގެ ސަބަބުން އެއްވެސް މީހަކަށް ނުބައި މާނައެއް ދޭހަވިނަމަ އެކަމަށް މައާފަށް އެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި 2015 ވަނަ އަހަރު ބޭއްވި “މޭޑޭ މުޒާހަރާ”ގައި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައިގެން ދެއްކި ކަރުދާސްތައް ކުރީގެ ސަރުކާރުގެ އަމުރަށް ގެންގޮސްފައިވާ ކަމަށްވެސް އިމްރާން ތަކުރާރު ކުރެއްވިއެވެ.

އަޅުގަނޑު މިހުރީ ދޫ ދޭ ގޮތަކަށް ނޫން. ރައްޔިތުންގެ މާލިއްޔަތުން ނެގި ފައިސާއާ ގުޅޭ މައްސަލަ ބަލައި، ސިޔާސީ ގޮތުން ކުރިމަތިކުރާ ފިއްތުންތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަންޖެހޭ މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް އަޅުގަނޑު ނުވާނަން.” އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: