ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާންގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި

ފޮޓޯ:އަވަސް... މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ފާސްނުވާ ކަމަށް ކަނޑައަޅައިފި އެވެ.

މަޖިލީހުން އިމްރާންގެ މައްސަލަ ބޭރުކޮށްލާފައިވަނީ 53 އިމްރާނަށް އިތުބާރު އޮތްކަމަށް މެމްބަރުންގެ ވޯޓާއިއެކުގައެވެ. އިމްރާންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓު ދެއްވާފައިވަނީ 11 މެމްބަރުންނެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ. އަދި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިންނެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިއަދު މަޖިލީހަށް ވަޑައިގެން އިމްރާން ވިދާޅުވީ މި މައްސަލައަކީ ބަހަނާއެއް ކަމަށާއި އަދި މިއީ ނުވާ ކަމެއް ވުޖޫދުކޮށްގެން، ސިޔާސީ މަސްރަހު ހަލަބޮލިކޮށް، ސަރުކާރު ބަލިކަށިކޮށް، ހަލަބޮލިކަމުގެ ހިޔަނީގައި މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް ކަމަށެވެ.

ޢިމްރާން ވިދާޅުވީ ސަފާރީގައި ހިނގިކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލައާ ގުޅިގެން ހުށައެޅި މައްސަލައަކީ ފުލުހުންނަށް ހުށައެޅުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މީޑިއާއިން ރިޕޯޓް ކުރިގޮތުން މައްސަލަ އޮޅުން އަރައިގެން ދިޔަކަމެއް ކަމަށެވެ. އެއީ ސިޔާސީ ބަޔަކު މުޅި މައްސަލަ އޮޅުވާކުމަށް ކުރިކަމެއްކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި ސިޔާސީ ބަޔަކު އަޑިގައި ތިބެގެން މަޢުލޫމާތު އޮޅޭގޮތަށް ހިންގާފައިވާ ކަމެއްކަަމަށް އިމްރާން ވިދާލުވިއެވެ.

އިމްރާން ވަނީ އެމައްސަލާގައި ދެއްކެވި ވާހަކަފުޅުތައް އޮޅުންއަރާފައިވާނަމަ މަޢާފަށް އެދޭކަމަށް ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: