ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ރަމީޒްގެ ނުސީދާ ރައްދު ނަޝީދަށް: ގުރްއާން އަޑުއިވުމުން ޝައިތާނާއަށް އުނދަގޫވާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގުރްއާން އަޑުއިވުމުން ޝައިޠާނާއަށް އުނދަގޫވާނެކަމަށް ވިދާޅުވެ އަލީ ރަމީޒް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީީދަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

އަލީ ރަމީޒް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސައްހަކަން ކަށަވަރު ނުވާ ގޮތަށް ގުރުއާން ވިދާޅުނުވުމަށް ނަޝީދު، މަޖިލީހުގެ މެމްބަރުންގެ ކިބައިން މިއަދު އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ މިވާހަކަފުޅުތަކާއި ގުޅިގެން ޢަލީ ރަމީޒް ވިދާޅުވީ ޤުރުއާން އަޑުއިވުނީމަ ޝައިޠާނާއަށް އުނދަގޫވާނެކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވައި މަޖިލީހުގައި އާޔަތްތައް ވިދާޅުވާ އިރު ކުރިން ވެސް ސައްހަ ނޫން ގޮތަށް ބައެއް ފަހަރު އާޔަތްތައް ވިދާޅުވާކަން ފާހަގަ ކުރައްވައިފއެވެ.

“އަޅުގަނޑު ގުރުއާން ހިތު ދަހެއް ނޫން އެހެންވީމަ މިތަނުގައި އަޅުގަނޑު ރިޔާސަތުގައި އިނދެ އިއްޒަތްތެރި މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އަޅުގަނޑަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ. އިއްޒަތްތެރި މެމްބަރުން، މިތަނުގެ ޝޭހުން މަދު ދީނީ އިލްމުވެރިންނެއް ނޫން އިއްޒަތްތެރި މެމްބަރުންނަކީ. އެހެންވީމަ އެ މަގަށް ވާހަކަ ގެންދަވާތީ މިހެން މިދެންނެވީ.” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ސަލީމް ވަނީ އެހެން ރައީސް ނަޝީދު ދެންނެވީ އެމަނިކުފާނުގެ ހިތުގައި ގުރުއާނާ މެދު ދެކެވަޑައިގަންނަވާ ގޮތުގެ ސަަބަބުން ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 62%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޢަލީ ރަމީޒު ތީ ހަމަ ފައްކާ ޝެއިޚެއް
    ރޯނުބައިކޮށް ޤުރްއާން ކިޔުމަށް ވުރެ ނުކިޔުން ރަގަޅުވާނެ ކަމަށް ޤަބޫލު ކުރެވެނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: