ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫދުގައި ނިޔާވެފައި އޮއްވާ ފެނުނީ ވެލާނާ އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފެއް

ހަށިގަނޑު ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ސީއެންއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ދެކުނު ފަރާތު ފަޅުތެރެއިން ނިޔާވެފައި އޮއްވާ ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި އުޅޭ ސިންގަޕޫރު ކުންފުންޏެއްގެ ހެޑް ކޮންސަލްޓަންޓް ކަމަށް އެއަރޕޯޓް ހިންގަމުންދާ އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނު މީހާއަކީ އެއާޕޯޓް ޕްރޮޖެކްޓްތައް ހިންގާ ސިންގަޕޫރް ކުންފުންޏެއް ކަމަށްވާ ސުބަރްނާ ޖުރަންގ ކުންފުނީގެ ކޮންސަލްޓަންޓް ހެޑް ކަމަށެވެ.

އޭނާ އެ އެތަނުގައި މަސައްކަތް ކުރާތާ ތިން އަހަރު ވެދާނެ ކަމަށް އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވިއެވެ.

މާލެ ފަޅުތެރެއިން މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނުނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މާލޭ ފަޅުތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:43 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށް އެމީހާ ބެލި ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: