ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19އާ ގުޅިގެން ދައުލަތުން ކުރި ހޭދަ 2.6 ބިލިއަނަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ދައުލަތުން ކުރި ހޭދަ 2.6 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 2.6 ބިލިއަން ރުފިޔާ ހޭދަކުރިއިރު ސިއްހީ ކަންކަމަށާއި އިޖުތިމާއީ ކަންކަމަށް 1.32 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 0.3 ޕަސެންޓް އިތުރު އަދަދެކެވެ.

ކޮވިޑާ ގުޅިގެން އިގްތިސާދީ ކަންކަމަށް ހޭދަކޮށްފައި ވަނީ 1.36 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 1.3 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު ހޭދަކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. އެތަނަށް ވަނީ 787.8 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ދެވަނަ އަށް އެންމެ ގިނައިން ހެލްތް މިނިސްޓްރީ އިން ހޭދަކޮށްފައިވާ އިރު، މިނިސްޓްރީ އިން މިދިޔަ ހަފްތާގައި 203.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ސިފައިންނަށް 24 މިލިއަން ރުފިޔާ އަދި ފުލުހުންނަށް 20.5 މިލިއަން ރުފިޔާ ދީފައިވެ އެވެ. އޭގެ އިތުރުން ކޮވިޑް ރިކަވަރީ ލޯން ސްކީމުން 1.1 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 143.8 މިލިއަން ރުފިޔާ އާއި ކަރަންޓް ބިލަށް ސަބްސިޑީގެ ގޮތުގައި 62.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: