ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ޕޮޒްޓިވްވީ 52 މީހުން

ކޮވިޑް19 އަށް ޓެސްޓްކުރުމުގެތެރެއިން... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިން އިތުރު 52 މީހުން ކޮވިޑް-19 އަށް ޕޮޒްޓިވްވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ޕޮޒްޓިވްވި މީހުންގެ ތެރެއިން 45 މީހުން ޕޮޒްޓިވްވީ މާލޭ ސަރަހައްދުންނެވެ.  ރިސޯޓްތަކުން މިއަދު 07 މީހުން ކޮވިޑް-19 އަށް ޕޮޒްޓިވްވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 45 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 12،810 އަށް އަރާފައެވެ.

އަދި އެކްޓިވް ކޭސްތަކުގެ އަދަދު 1097 އަށް އަރާފައިވާއިރު، 95 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލިން 11،660 މީހުން ވަނީ ރަނގަޅުވެފައެވެ.

މި ބަލީގައި ރާއްޖެއިން ވަނީ 46 މީހަކު ނިޔާވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: