ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ މޫދަށް ފޭބީ އަމިއްލައަށް: ފުލުހުން

ހަށިގަނޑު ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ސީއެންއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ މާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު އިނގިރޭސި މީހާ އަމިއްލައަށް މޫދަށް އެރި އުޅޭ މަންޒަރު ސީސީޓީވީ ކެމެރާ ފޫޓޭޖުން ފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިއްޔެ މާލޭ ފަޅުތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެމީހާ ބެލި ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މަރުވެފައިވަނީ އުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެކެވެ.

އެ މައްސަލާގައި ފުލުހުން މިއަދު ބުނީ، އެ މީހާ އިއްޔެ ހެނދުނު 9:29 އެހާކަންހާއިރު އަމިއްލައަށް މޫދަށް އެރޭ މަންޒަރު ކެމެރާއިން ފެންނަ ކަމަށެވެ. އަދި އިރުކޮޅަކުން އޭނާގެ ހަށިގަނޑު ހަރަކާތެއް ނެތި ފެންމަތީގައި އޮންނަ މަންޒަރު ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

އެހެންނަމަވެސް، އެ މީހާ އަމިއްލައަށް މޫދަށް އެރުނީ ކީއްވެ ކަމެއް އަދި އެނގިފައި ނުވެ އެވެ. ފުލުހުންވެސް އެކަމާ ގުޅޭ ހޯދުމެއް ހިއްސާކޮށްފައި ނުވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: