ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެސިޑެންޓް ވިސާގެ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަދުވެގެން 250،000 އެމެރިކާ ޑޮލަރުގެ އިންވެސްޓްކުރާ ފަރާތްތަކަށް ދިގު މުއްދަތުގެ ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުލް މުޣުނީ ހުށަހެޅުއްވި މި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ.

މިހާރު އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން އެމެރިކާ ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގެ ބިލުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށާއި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު އިންވެސްޓްކޮށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް އެ ހުއްދަ ދޭން ވާނެއެވެ.

އަދި ދިވެއްސަކާ ކައިވެނިކޮށްގެން ދަރިޔަކު ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ހާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ހާލަތުގައި، އޭނާގެ ދަރިންނާ އެކު ރާއްޖޭގައި ހުރުމަށް އެދޭ އެދޭ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޫކުރުމަށް ވެސް ވަނީ ހިމަނާފައެވެ.

މީގެއިތުރުން ކޯޕަރޭޓް ރެސިޑެންޓް ވިސާގެ އިތުރުން، މިޓީން ވިސާއެއް ދޫކުރެވޭ ގޮތަށް ވަނީ ގާނޫނު އިސްލާކޮށްފައި އެވެ. މީޓިންގް ވިސާ ދޫކުރެވޭނީ ކޮންފަރެންސްތަކާ މީޓިންތަކުގެ އިތުރުން ސަރުކާރުން ހުއްދަދީގެން ބާއްވާ އިވެންޓުތަކަށް އަންނަ ފަރާތްތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: