ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންނަށް އަނިޔާ އާއި ގޯނާ ނުލިބޭ މާހައުލެއް ކަށަވަރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި އަނިޔާތައް ނުލިބޭ ފަދަ މާހައުލެއް އަންހެނުންނަށް ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ގޮވާލައިފިއެވެ.

އަންހެނުން ކުދިންނަށާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާޞަބަތުގައި ހިންގުމަށް ނިންމާފައިވާ 16 ދުވަހުގެ ކެމްޕޭން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންނަށް އިހްތިރާމާއި އެކު އަނިޔާ ނުލިބޭނެ މުޖުތަމަޢުއެއް ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރުކުރުމަށް ގޮވާލައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25ވަނަ ދުވަސް ފާހަގަކުރަނީ އަންހެނުންނަށާއި، އަންހެންކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. އަދި މިދުވަހާ ގުޅުވައިގެން “އޮރެންޖް ދަ ވޯލްޑް” މި ތީމުގެ ދަށުން އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެގޮތުން، 16 ދުވަހުގެ ޚާއްސަ ކެމްޕޭނެއް ކުރިއަށްގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: