ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން ފަސް މީހަކަށް ރުހުން ދީފި

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ފޮނުއްވި ފަސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ވަނީ ރައީސް ސޯލިހް ފޮނުއްވާފައިވާ ނުވަ ނަމެއް ދިރާސާކުރުމަށްފަހު ,އޭގެ ތެރެއިން އެ ރުހުން ދޭން  ތަޅުމަށް  ފަސް ނަމެއް ފޮނުވާފައެވެ. އެ

ފަސް ނަމަށް މިއަދު މަޖިލީހުގެ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދޭން ފާސްކުރިއެެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަން ކުރަން ރުހުން ދިން ފަސް ނަން

  1. މުހައްމަދު މުނައްވަރު އަލީ، ވެސްޓް ބީޗް، އއ. މަތިވެރި
  2. ފާތިމަތު މިންހަތު އިއްޒަތު، ގ. ގޮފި
  3. އިސްމާއިލް ސާޖިދު، މއ. ވިލާރޮދި
  4. ހުސައިން ޒައިދާން ޖަލީލް، މ. ފާމުދޭރިގެ
  5. އަހުމަދު އަޝްރަފް، ދަފްތަރު ނަންބަރު ރސ 7883

 ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: