ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޒޯޓުތަކުގެ ކުލި މުރާޖައާކުރުމަށް ވަކި މުއްދަތެއް ކަނޑައެޅުން މުހިންމު: ފައްޔާޒް

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޒޯޓުތަކުން ދައްކާ ކުލި މުރާޖައާކުރުމަށް ވަކި މުއްދަތެއް ކަނޑައެޅުމަކީ މުހިންމުކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޓުއަރިޒްމްގެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލުގެ ކޮމެޓީ މަރުހަލާގައި މުޅި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމަށް މިނިސްޓަރ ފައްޔާޒް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ވަކި މުއްދަތަކަށްފަހު ރިޒޯޓުތަކުން ނަގާ ކުލި މުރާޖައާ ކުރެވިދާނެކަމަށެވެ.

ކުލި ނަގާ ޕޮލިސީގައި ހަރުދަނާކަމެއް ހުންނަންޖެހޭކަމަށާއި ބޭނުން އިރަކު ކުލި ބޮޑުކުރެވޭގޮތަށް އުސޫލު އޮތުމަކީވެސް އެންމެ ރަނގަޅު ގޮތެއް ނޫންކަމަށެެވެ. އަދި ވެރިކަން ބަދަލުވިޔަސް ނުވަތަ ރެވެނިއު އިތުރުކުރުމަށް ބޭނުންވިކަމުގައިވިޔަސް ކުއްލިއަކަށް ކުލި ބޮޑުނުކުރާނެކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުލި ދެއްކުމުގައި ލުއިތަކެއް ދިނުމަކީ އެބޭފުޅާވެސް ގަބޫލުފުޅުކުރައްވާ ކަމެއްކަމަށެވެ. އަދި ވަކި މުއްދަތަކަށް ކުލި ބަދަލުނުވާގޮތަށް، ހަރުދަނާ އުސޫލުތަކެއް ގެނައުން މުހިންމުކަމަށް ދެކިލައްވާކަމަށް ވިދާޅުވިއެވެ.

ގާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގާނޫނަށް އިސްލާހުތައް ގެނައުމުގެ މައިގަނޑު ބޭނުމަކީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ހޯދުންކަމަށެވެ. އަދި ވަރުގަދަ އިންވެސްޓްމަންޓްތަކެއް ގެނައުމަށް މުހިންމީ ރަނގަޅު ލޮކޭޝަނެއް ނުވަތަ އިމާރާތްތަކަކާއި ވަސީލަތްތަކެއް ނޫންކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ވަރުގަދަ ޕޮލިސީތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިންވެސްޓްމަންޓާއި ދޭތެރޭ އިންވެސްޓަރުންގެ އިތުބާރު އޮތުންކަމަށް ވިދާޅުވިއެވެ.

އެގޮތުން، ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޖުޑިޝަރީ އިސްލާހުކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން ދިވެހިންނާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ނުހެދި ހުރި ރަށްތައް އަނބުރާ ނެގުން ފަދަ ކަންކަމުގައި އަމަލުކުރަމުންދާ އުސޫލު މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުތަކުގެ ހަރުދަނާ ސިޔާސަތުތަކެއް ނެތުމާއި ފަނޑިޔާރުގެތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލެމުންދިޔަ ކަމަށާއި އެހެންނަމަވެސް މިހާރު އެކަންކަމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: