ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ޅ. އަތޮޅަށް ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްޕޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި މިއަދު ޅ. މާފިލާފުށްޓަށް ވަޑައިގަންނަވާ އެ ރަށުގައި ބާއްވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެ ކަމަށެވެ. އަދި ސިފައިންގެ ކޮންޕޯސިޓް ޓްރެއިނިންގ ސެންޓަރާއި މާފިލާފުށީގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި ޅ. ފެލިވަރަށް ޒިޔާރަތްކުރައްވައި އެ ރަށުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހިންގާ މަސް ބަންދުކުރާ ކާރުޚާނާ ބައްލަވައިލެއްވުމާއި، އެ ރަށުގައި ބިނާކުރާ އައު ކޯލްޑް ސްޓޯރޭޖް ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވައިލެއްވުމަށް ވެސް ހަމަޖެހިފައިވާ ކަަމށް ރައީސް އޮފީހުން ބުނެއެވެ.

އަދި ފެލިވަރުގައި ރައީސް ބައެއް މަސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: