ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޑިއޯތައް ދިރާސާކުރަން ކަރެކްޝަންސްއިން ދިން ލެޕްޓޮޕް ހުރީ “ބަގް” ކޮށްފައި: ރައީސް ޔާމީންގެ ވަކީލުން

ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައަށްފަހު ރައީސް ޔާމީން މާފުށީ ޖަލަށް އަނބުރާ ގެންދަނީ - ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން އާއި، ރިޝްވަތުގެ ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާއި ގުޅިގެން، ދައުލަތުން ހުށަހެޅި އޯޑިއޯތައް ދިރާސާކޮށް އަޑުއަހަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފޯރުކޮށްދިން ލެޕްޓޮޕް “ބަގް” ކުރުމަށް ޑެވައިސްއެއް ހަރުކޮށްފައިވާކަމުގެ ތުހުމަތުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައެވެ. އަދި މި ދެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރި ރ. ފުއްގިރީގެ މުއާމަލާތާއި ގުޅިގެންނެވެ.

މައްސަލައިގައި މިއަދު ބައްވާފައިވަނީ އިބްތިދާއީ އަޑުއެހުމެވެ. އަދި ޝަރީއަތް ފައްޓަވާ ދެއްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ، މައްސަލައިގެ ހުރިހާ ލިޔެކިއުންތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވޭތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ ދައުވާތަކާއި ގުޅިގެން ޝަރީއަތަށް ހުށަހަޅާފައިވާ އޯޑިއޯތައް އަޑުއެހުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށާއި، އެ ފުރުސަތު ކަރެކްޝަންސް އިން ފަހިކޮށްދީފައި ނުވާނެ ކަމަށެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ މައްސަލައިގެ ހުރިހާ ލިޔެކިއުމެއް ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އެކަން ސިޓީއަކުން ކޯޓަށް ވެސް އަންގާފައިވާނެ ކަމަށެވެ. ޝިޔާޒް ވިދާޅުވީ ދައުލަތުން ހުށަހެޅި އޯޑިއޯގެ ކޮޕީއެއް ލިބިފައި ވީ ނަމަވެސް، އެ އަޑުއެހުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވާކަމަށެވެ.

އޯޑިއޯތައް ދިރާސާ ނުކުރެވުނު ސަބަބެއްގެ ގޮތުގައި ޝިޔާޒް ވިދާޅުވީ ކަރެކްޝަންސްއިން ފޯރުކޮށްދިން ލެޕްޓޮޕް “ބަގް” ކޮށްފައި ހުރިކަމަށް ތުހުމަތު ކުރެވުމެވެ. ޝިޔާޒް ވިދާޅުވީ އޯޑިއޯ ހުރި ޑެވައިސް ލެޕްޓޮޕަށް ޖެހުމުން އިތުރު ފައިލްތަކެއް އުފެދޭ ކަމަށެވެ. ލެޕްޓޮޕްގައި ބަގް ކުރާ ޑެވައިސްއެއް ހުރިކަން ތުހުމަތު ކުރެވެނީ އޭގެ ސަބަބުން ކަަމަށް އޭނާ ވިދާޅުވިއެވެ.

ލެޕްޓޮޕް ބަގްކޮށްފައިވާކަން ތުހުމަތުކޮށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް، ޑރ. ޖަމީލް ވަނީ އެކަން ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާނެކަން ފާހަގަކުރައްވާފައެވެ. ވަކީލުންގެ ފަރާތުން ވަނީ ވަކީލުންނާއި ރައީސް ޔާމީން އެއްތަނެއްގައި ތިބެ މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ. ޝަރީއަތުގައި ރައީސް ޔާމީން ވެސް ވަނީ، ވަކީލުންގެ ލެޕްޓޮޕެއް ކޯޓަށް ގެންދެވޭނެ އިންތިޒާމުތަކާއި އެކު، ވަކީލުންނާއި ބައްދަލުވެ މަޝްވަރާ ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް އެދިފައެވެ.

ވަކީލުންނާއި ރައީސް ޔާމީންގެ ވާހަކައަށް ފަހު، މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޝަރީއަތްތަކަށް އަމިއްލަ ލެޕްޓޮޕް ވެއްދުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރިއެއްގައި ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލު ކުރެެވޭނެކަން ފާހަގަކުރެއްވިއެވެ. ގާޒީ ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށް ދާއިރު އެ ކޮޓަރީފައި އިތުރު މީހެއް ނުހުންނާނެ ކަމަށެވެ. އަދި ތަނުގައި ކެމެރާއެއް ނުވަތަ ދެ ފަރާތުގެ ދެމެދުގައި ދެކެވޭ ވާހަކަތައް އަޑުއެހޭނެ ޑެވައިސްއެއް ވެސް ނުހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރިއެވެ. އެމަނިކުފާނު ބޭނުންފުޅުވީ ޖަލުގައި އެކަމަށް ހާއްސަކޮށްފައި ހުންނަ ކޮޓަރީގައި ބައްދަލުވުންތައް ކުރިޔަށް ގެންދާށެވެ. އަދި ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯތައް އަޑުއަހާ ދިރާސާ ކުރަން ބޭނުންވާ ކަމަށެވެ. ރައީސް ޔާމީން އެދިވަޑައިގަތީ ދައުލަތުގެ ފަރާތުން އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކޯޓުން އެންގުމެވެ.

ރައީސް ޔާމީންގެ ހުށަހެޅުމަށް ދައުލަތުން އިއުތިރާޒެއް ނުކުރެއެވެ. ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ޖަލުގައި އެ މައްސަލައިގެ ދިރާސާތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ކަމަށެވެ. އަދި ދައުލަތުން ވެސް އެގޮތަށް އެދޭ ސަބަބެއްގެ ގޮތުގައި ވަކީލު ވިދާޅުވީ ޝަރީއަތް ކުރާ ތަނެއްގެ ތެރޭ، މައްސަލަ ރައްދުވާ ފަރާތުގެ މިނިވަންކަން ގެއްލޭތީ އެވެ. ދައުލަތުން ބުނީ، ނެތް ލިޔެކިއުންތައް ނުވަތަ މަދުވާ ލިޔެކިއުންތަކަކީ ކޮބައިކަން ހުށަހެޅުމުން އެ އިންތިޒާމުތައް ދައުލަތުން ފޯރުކޮށްދީ، އަމިއްލަ ލެޕްޓޮޕެއް ރައީސް ޔާމީންގެ ވަކީލުންނަށް ގެންދެވޭނެ ގޮތެއް ހޯދައިދިނުމަށް ކަރެކްޝަންސްގައި އެދޭނެ ކަމަށެވެ.

ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވަނީ، ވަކީލުންނަށް ލިބިފައި ނުވާ ލިޔެކިއުންތައް ކޯތަށް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގެ ކުރިން ލިޔެކިއުންތައް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން ކޯޓަށް ލިޔުމަކުން އެންގުމަށް އެދޭ ކަމަށެވެ.

ޝަރީއަތް ނިންމާލުމުގެ ކުރިން ފުރުސަތަކަށް އެދިވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، ދައުވާތަކަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާ ކަމށެވެ. ދައުލަތުން ހުށަހަޅާ ކަންކަމަށް ވަކީލުންނާއި މަޝްވަރާކޮށް ވާހަކަ ދައްކަން ވެސް ބޭނުންވާނެ ކަމަށާއި، އެހެން ކަމުން އެއްތަނެއްގައި ތިބެގެން ޝަރީއަތް ކުރިޔަށް ގެންދިއުމަށް ރައީސް ޔާމީން އެދިވަޑައިގަތެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ ދެން އަޑުއެހުމެއް އޮންނާނީ ޑިސެމްބަރު 06 ގައިކަން އިއުލާނު ކުރައްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާފައި ބުނެފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އާއި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމާއި ގުޅިގެން ރައީސްގެ މަގާމުގައި ހުންނަވާ ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ.މާލެ، މއ.ކުރިކީލަހިޔާ،  އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 ޔޫއެސްޑީ ( އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މައްސަލައިގައި ޕީޖީން ވަނީ ރައީސް ޔާމީންގެ އިތުރުން، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާ އުފުލާފައެވެ. އަދި މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ފަށާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ  ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ(ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: