ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ދުލެއް ނުދޭނަން: ޕީޖީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްިތުންގެ މަސްލަހަތު ހިމެނޭ ކޮރަޕްޝަންގެ މައްސަލަތަކުގައި އެއްވެސް ފަސް ކުރުމެއްނެތި ދައުވާ ކުރައްވާނެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އޭސީސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި އެއްވެސް ފަސްޖެހުމެއް ނެތި ދައުވާ ކުރައްވާނެކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، ކަމެއް ހާސިލްވާނީ އެކަމެއް ކުރުމަށް ހަރުދަނާ ރަނގަޅު އެކްޝަން ޕްލޭނެއް އެކުލަވާލެވި އެއާއި އެއްގޮތަށް މަސައްކަތް ކުރެވިގެންކަމަށެވެ. މިއަދު އޭސީސީން މި އިފްތިތާހު ކުރި ޕްލޭނަކީ ހަރުދަނާ ގޮތެއްގައި މައްސަލަތައް ތަހުގީގު ކުރެވި ވަކި ޕްލޭނެއްގެ ތެރެއިން މަސައްކަތް ކުރުމަށް އެކުލަވާލެވިގެން ދިޔަ ޕްލޭނެއްކަމަށް ޕީޖީ ވިދާޅުވިއެވެ.

“އަޅުގަނޑުގެ ދޭ ޔަގީންކަމަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކޮރަޕްޝަންގެ މައްސަލަތައް އެއްވެސް ފަސް ޖެހުމެއްނެތި ދައުވާ ކުރާނަމޭ، މީގެ ކުރިންބެސް މިހާރުވެސް އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ދިރާސާ ކުރަން 6 އެއްކަ މަސް އެބަނަގާ. އަޅުގަނޑު އުންމީދު ކުރަނީ މިމުއްދަތު 10 ވަރަކަށް ދުވަސް ތެރެއަށްކުޑަކޮށް އަވަހަށް ދައުވާ ކުރެވޭނެ ގޮތްތަކެއްވުން. އަޅުގަނޑަށް މައްސަލަ ހުށަހަޅާތާ  10 ދުވަސް ތެެރޭގައި އެކަށީގެންވަ ހުރެއްޖެނަމަ ދައުވާ ކުރަން ފޮނުވާނަން.” ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އޭސީސީ އާއި ޕީޖީއަކީ އެއް އަމާޒަކަށް މަސައްކަތް ކުރާ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިފަހައްޓާ ދެމުއައްސަސާއަށްވާއިރު، މިހާރުވެސް މައްސަލަތަކުގައި ހޭދަވާ ދުވަސްތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް އިންތިޒާމުތައް ބައްޓަން ކުރަންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކުރިއައް ވަޑައިގަންނަވާ ދެންނެވޭނީ ހަމަ ސާބަހޭ ވަރައް ބޮޑައް ޝުކުރިއްުޔާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: