ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް އެމްޕްލޮއިމަންޓް ރޭޝިއޯގެ ގަވާއިދަށް ގާނޫނަކުން ބާރުދޭން ޖެހޭ: ހައިތަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް އެމްޕްލޮއިމަންޓް ރޭޝިއޯގެ ގަވާއިދަށް ގާނޫނަކުން ބާރުދޭން ޖެހޭ ކަމަށް މައްޗަށްގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރެއްވުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހައިތަމް ވިދާޅުވީ 261 ރިސޯޓު ދާއިރާގެ މުވައްޒަފުން ސޮއި ކޮށް ހުށަހެޅި ޕެޓިޝަންގައި މިހާރު ދީފައި އިން ރޭޝިއޯ ބަދަލު ކުރަން ގޮވާލާފައިވާނެ ކަމަށެވެ.

“ރޭޝިއޯ ސާކިއުލާއަކުން ބަދަލު ކުރަމުން ގެންދިޔަ ނަމަވެސް އެ ގާނޫނަކަށް ބަދަލުނުވެ، އެއަށް ގާނޫނަކުން ބާރުތަކެއް ނުދޭ ހިނދަކު، އަޅުގަނޑު އެއްވެސްގޮތަކަށް ނުދަންނަވަން މީގަ ރޭޝިއޯ ގާނޫނުގަ ޖަހާށެކޭ. މިސާލަކަށް 61 ޕަސެންޓަށް ދިއުމަކީ. އަދި މީގަ އަޅުގަނޑު އެބަދެކެން ރައީސް ސޯލިހު ވެސް ވިދާޅުވެފައި ވަނީ ދިވެހިންގެ ރޭޝިއޯ ބަދަލު ކުރައްވާނެ ކަމުގައި ކުރިއަށް އޮތް ތަނުގައި.” ހައިތަމް ވިދާޅުވިއެވެ.

ހައިތަމް ވިދާޅުވީ މިހާރު ހުރި ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ރޭޝިއޯއަށް ބަލާނަމަ 45 ޕަސެންޓަށް ވުރެ ދަށުގައި 42 ރިސޯޓު ހިންގަމުންދާ ކަމަށާއި، 44 ޕަސެންޓާއި55 ޕަސެންޓާ ދެމެދު 46 ރިސޯޓު ހިންގަމުންދާ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރި ކުރުވުމަށް ގޮވާލައި މި އަހަރުގެ ޖޫން މަހު ހައިތަމް މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ވަނީ ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އާމްދަނީ ނުލިބި އުޅެން ޖެހުމުގެ ނޭދެވޭ އަސަރު ގިނަ އާއިލާ ތަކަކަށް ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވަން ތައްޔާރު ވަމުން ދާއިރު، ރިސޯޓް މުވައްޒަފުންގެ ފަރާތުން ވަނީ ދެ ކަމަކަށް ރިއާޔަތް ކުރަން އެދިފައެވެ. އެއީ:

  • ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުން ތިބެން ޖެހޭ ރޭޝިއޯ (1:2.1) ކަމަށް ކަނޑައަޅާފައި ވާ މިންވަރަށް ވުރެ ދިވެހިން މުވައްޒަފުން މަދުނުވުން. އަދި 45 ޕަސެންޓް ދިވެހިން ނެތް ރިސޯޓް ތަކަށް އެ އަދަދަށް ދިވެހިން ހޯދުން،
  • ހުސަވެފައިވާ މަގާމަކަށް ބިދޭސީއަކު ނަގާނީ ކޮވިޑް19 ގެ ސަބަބުން ވަޒީފާ ގެއްލުނު ދިވެހި މުވައްޒަފުންނަށް ފުރުސަތު ދިނުމަށް ފަހު ކަން ކަށަވަރުކުރުމެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: