ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލެސީމިއާ ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދޭނަން: ނަސީމް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތެލެސީމިއާ ކުދިންނަށް ދިމަވަ މައްސަލަތައް ހައްލުކޮށް، ތެލެސީމިއާ ސެންޓަރަކީ އެކުދިންގެ އަމިއްލަވަންތަކަމުގެ އިހްސާސް ލިބިދޭ ތަނަކަށް ބަދަލުކުރާންކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ތެލެސީމިއާ ކުދިންނަށް ދިމާވަމުންދާ ދަތިތަކާއި ގުޅޭ މައުލޫމާތު މިނިސްޓަރު އޮޅުންފިލުއްވި ކަމަށެވެ. އަދި އެ މައްސަލަތައް ހައްލު ކޮށްދިނުމުގައި އެހީތެރިކަން ބޭނުންވާ ގޮތްކަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ބައްދަލުވުމުގައި ތެލެސީމިއާ ކުދިން ހުށަހެޅި ޝަކުވާތަކަށް ރިއާޔަތް ކުރައްވާ ވާހަކަ ދައްކަވަމުން ނަސީމް ވަނީ ތެލެސީމިއާ ސެންޓަރަކީ އެ ކުދިންނާއި ގާތް އަމިއްލަ ވަންތަކަމުގެ އިހުސާސް ލިބޭ ތަނަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައި އެވެ.

ތެެސީމިއާ ސެންޓަރުން ޚިދުމަތް ހޯދުމުގައި އެކުންދިންނަށް ބޮޑެތި ދަތިތަކެއް ހުންނަކަމަށާއި، އެކުދިންގެ ހާލަތަށް ފަރުވާއެއް ނުބަހައްޓާކަމުގެ ކަންބޮޑުވުންތަކެއް ތެލެސީމިއާ ކުދިން ދަނީ ފާޅުކުރަމުންނެވެ. ތެލަސީމިއާ ކުދިންގެ ޝަކުވާއަކީ އެ މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިގުލައިގެން ގޮސް، ދުވަހެއް ދުވަހަކަށް ހާލަތު ގޯސްވުމެވެ. ނަމަވެސް މި މައްސަލަތަކަށް ހައްލެއް ހޯދަން އިދާރާތަކުގައި އެކުދިންނާއި އާއިލާތައް އާދޭސް ކުރާތާ އެތައްދުވަހެއް ވެފައިވާކަމަށް ތެލެސީމިއާ ކުދިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: