ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅުން ކޯޓަށް

ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ ކޯޓަށް މައްސަލައެއް ވެއްދުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ތައްޔާރުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިންތިހާބަށް އިދިކޮޅުން އޮތީ ވަރަށް ތައްޔާރަށް ކަމަށެވެ.

ނަމަވެސް ކެމްޕެއިން ކުރަން ރަށްތަކަށް ދަތުރު ނުކުރެވުމަކީ އޮތް ދައްޗެއް ކަމަށާއި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރަށްތަކަށް ދަތުރުކޮށް ކެމްޕެއިން ކުރަމުންދާ ކަމަށާއި އެހެންކަމުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތެއް ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

“ހަމަހަމަ ފުރުސަތު ނުލިބޭތީ މި މައްސަލަ ކޯޓަށް ވެއްދުމުގެ މަސައްކަތް ކުރަމުން އެބަގެންދަން” އަދުރޭ ވިދާޅުވިއެވެ.

ވާދަވެރި އިންތިހާބެއް ބާއްވާއިރު ހަމަހަމަ ފުރުސަތެއް ލިބިދޭންޖެހޭ ކަމަށާއި ނަމަވެސް މިއަދު އެ ފުރުސަތު ތަަނަވަސްވެފައި ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. .

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: