ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ “އާސްކް ސްޕީކާ” ގެ ނަމުގައި އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރޭ 21:00 ގައި ޓީވީތަކުން ގެނެސްދޭ އެ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ނަޝީދު ޖަވާބު ދެއްވާނެ ކަމަށެވެ.

ނަޝީދާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލެވިފފައެވެ.

އެސްއެމްސް، ވައިބާ، ޓެލެގްރާމް އަދި ވަޓްސްއެޕް މެދުވެރިކޮށް މެސެޖުތައް ފޮނުއްވާނީ 7234566 ނަމްބަރަށެވެ.

ސޯޝަލް މީޑިއާ އިން ސުވާލުތައް ކުރައްވަން ބޭނުންވާ ފަރާތްތަކުން ސުވާލުތައް ފޮނުވާނީ #އާސްކްސްޕީކާ ބޭނުންކޮށްގެންނެވެ.

އަދި ޕްރޮގްރާމް ކުރިއަށްދާއިރު ލައިވްކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ނަމާއި، އައިޑީ ކާޑު ނަމްބަރު އަދި ގުޅޭނެ ފޯނު ނަމްބަރު 7234566 އަށް ފޮނުވުމަށް ވަނީ އެދިފައެވެ.

“އާސްކް ސްޕީކާ” ޕްރޮގްރާމަކީ އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވަވާ ފުރަތަމަ ޕްރޮގްރާމެވެ. ފުރަތަމަ ޕްރޮގްރާމް އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: