ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް 5 މެންބަރުން ޢައްޔަނުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މިއަދު ފަސް މެންބަރުން ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޢައްޔަނުކުރައްވާފައިވަނީ އއ. މަތިވެރި ވެސްޓްބީޗު އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީއާއި، ގ.ގޮފި އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތާއި، މ. ފާމްދޭރިގެ ހުސައިން ޒައިދާން ޖަލީލާއި، މއ. ވިލާރޮދި އިސްމާޢީލް ސާޖިދާއި، ދަފްތަރު ނަންބަރު ރސ 7883 އަލްއުސްތާޛު އަޙްމަދު އަޝްރަފެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އަދި، އެއީ އެ ޓްރައިބިއުނަލްގައި އޭރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަޤާމުގެ މުއްދަތު 2020 ނޮވެންބަރު 28 ގެ ނިޔަލަށް ހަމަވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޓެކްސް އެޕީލް ޓައިބިއުނަލްއަށް މި ފަސް މެންބަރުން ޢައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ފަސް ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: