ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކީ، އެމްޕީއެލްގެ ޗެއާމަންކަމުން އިސްތިއުފާ ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިިމިޓެޑުގެ ޗެއާމަންގެ މަޤާމުން މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފިއެވެ.

ނަޒާކީ ޒަކީ އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިސްތިއުފާގެ ކުރުސިޓީގައި ބުނެފައިވަނީ އޭނާއަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތުގައި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.

ޒަކީ އިސްތިއުފާ މި ދެއްވީ އެމްޕީއެލުގައި 8 މިލިއަން ރުފިޔާގެ ވައްކަމެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިތާ ފަސް ދުވަސް ފަހުންނެވެ.

އޭނާ މިދިޔަ ބުދަދުވަހު ކުރެއްވި ޓުވީޓުގައި ވަނީ، ހިޔާނާތުގައި ޝާމިލްވި ފަރާތްތައް ސަސްޕެންޑް ކުރަން ބޯޑު މެމްބަރުންގެ އަގުލަބިއްޔަތު ނުލިބުނު ކަމަށް ވިދާޅުވެ، ހިތާމަ ފާޅުކުރައްވައިފަ އެވެ.

ޒަކީގެ މިތުހުމަތާއި ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ހިޔާނާތުގެ އަމަލު ހިންގާފައި ވަނީ ލޮކްޑައުން ތެރޭގައި ކަމަށެވެ. އެތެރޭގެ އޮޑިޓުން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން، އެ މައްސަލަ މިހާރު ވަނީ އޭސީސީ އާއި ފުލުހުންގެ އިތުރުން އޮޑިޓަ ޖެނެރަލް އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: