ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫން ޝަރީއަތުގެ ކުރިމަތީގައި އިތުރުފުޅު ހައްދަވާ ކަމަށް ދިޔާނާ ތުހުމަތު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޝަރީއަތުގެ ކުރިމަތީގައި ފާޅުކަންބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވާ ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ތުހުމަތު ކުރައްވައިފިއެވެ.

ދިޔާނާ މިހެން ވިދާޅުވީ ރައީސް މައުމޫންއާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް އެމަނިކުފާނުގެ އިލްމީ ފެންވަރަށް ޖޯކު ޖަހައިގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރިތިބި ބައިވަރު ހެކިން ތިއްބައި މައުމޫން އިތުރުފުޅު ހައްދަވަނީ ވަރަށް ދެރަވަރުވީމައޭ ހިތަށް އަރާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

“2017 ވަނަ އަހަރުގެ ކުރީކޮޅު ކުއާލަ ލަމްޕޫރުގެ އިންޓަމާ ބިލްޑިންގްގައި ރައީސް މައުމޫން އާއި ޖާބިރު ބައްދަލު ކުރައްވައި ދެ ބޭފުޅުން އެއްބަސްވެވަޑައިގަތް ގޮތުގެ މަތީން ޖާބިރުގެ ފަރާތުން ކަންކަން ކުރުމަށް އަޅުގަނޑު އައްޔަނު ކުރުމުން އަމާނާތްތެރިކަމާ އެކު އެ ފައިސާ ފާރިސް މެދުވެރިކޮށް މައުމޫންއާ އެކިފަހަރުމަތިން ހަވާލުކުރިން.” ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ އަމާނާތްތެރިކަމުގެ އަގަކީ މައުމޫންގެ ސިޔާސީ މެޝިނަރީ ބޭނުންކުރައްވައިގެން ހަގީގަތް އެއްފުށުން އަނެއް ފުށަށް ޖައްސަވައި ތެދު ބުނާ މީހާއަކީ ދޮގު ބުނާ މީހެއްގެ ގޮތުގައި ތަމްސީލުކޮށް އެ މީހާއަށް ފުރައްސާރަ ކުރިމަތި ކުރުންތޯ މައުމޫނާ ސުވާލުކޮށްލަން ބޭނުން ކަމަށެވެ.

މައުމޫން ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ، އެފައިސާ ހޯދުމަށް ޖާބިރު މިހާރު ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

ޕީޕީއެމުން ރައީސް މައުމޫން އެކަހެރިވެވަޑައިގެން ހުންނެވިއިރު ނެންގެވިކަމަށް ބުނާ، 29 މިލިއަން ރުފިޔާގެ މައްސަލައިގައި ޖާބިރު ވަނީ ރައީސް މައުމޫން އަތުން އެފައިސާ ހޯދުމަށް ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފައެވެ. ނަމަވެސް ތަހުގީގަށް މައުލޫމާތު ދެއްވަމުން ޖާބިރުވަނީ ރައީސް މައުމޫން އިންނަވާ މަޖިލީހެއްގައި ނޫނީ ބަޔާން ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: