ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއި އެކު އަޑުގަދަ ކުރަން ފެށުމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ ނަން އިއްވައި މަޖްލިސްގެ ތަޅުމުން ބޭރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޝަރީފުގެ ނަން އިއްވައި މަޖްލިސް ތަޅުމުން ބޭރު ކުރީ ތަކުރާރުކޮށް އަޑުގަދަ ނުކުރުމަށް އެދުމަށްފަހު ,ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ހުންނަވައެވެ.
މަޖްލިސްގެ ރައީސް ނަޝީދު ވިދާޅުވީ ޝަރީފު ބޭރު ކުރަން ޖެހުނީ ދެ މެމްބަރުންގެ ދެމެދުގައި ހިޔާލު ތަފާތުވެ ޒުވާބު ކުރަން ފެށުމުން ކަމަށެވެ.
މިއަދުގެ ޖަލްސާ ފެށުނު އިރު ޝަރީފު ހުންނެވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާއި ދެމެދު ޒުވާބު ކުރާށެވެ.