ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިސެމްބަރު 4 އިން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކު އަޅަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިސެމްބަރު 4 އިން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކު އަޅަން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު ބަޔާނުގައި އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މިމަހުގެ 4 ވަނަ ދުވަހުންފެށިގެން ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަންވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށް ވަނީ އަންގާފައެވެ. އަދި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށްވެސް ވަނީ އަންގާފައެވެ.

އިތުރަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުގެ ކަރަންޓީންގެ މުއްދަތު ވަނީ 10 ދުވަހަށް ވަނީ ކުރުކޮށްފައެވެ. އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާމުއްދަތުވެސް 10 ދުވަސްކަމުގައި ވަނީ ކަނޑައަޅާފައެވެ. އެޗްޕީއޭއިން ބުނީ  ކަރަންޓީންގެ މި މުއްދަތަށްފަހު ފީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކުރާނެކަމަށެވެ.

އެޗްޕީއޭއިން ބުނީ މިމަހުގެ 4 ގެ ކުރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން 14 ދުވަސް ފުރިހަމަ ކުރަންޖެހޭނެކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތު 10 ދުވަހަށް ކުރުކުރިނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނުވާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތަކީ 14 ދުވަސްކަމަށްވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: