ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް މިލިއަން ކީއްކުރަން، އެއް ރުފިޔާވެސް އަދީބު ދީފައިނެތް: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯތުގެ ބެންޗު ބަދަލުކުރަން ހުށައެޅީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ބޭނުންވެގެން ނޫންކަމަށާއި އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި އެއްވެސް މިންވަރެއް ނަގާފައިނުވާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ފުލުހުންގެ ގާނޫނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި އިސްލާހާއި ގުޅިގެން މަޖިލީހުގެ ޖަލްސާގައި ޝަރީފް ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލައި މަޖިލީހުގެ ތަޅުމުގައި އަޑު ގަދަކުރައްވާފައެވެ. ޝަރީފް ދެކޮޅު ހައްދަވާފައި ވަނީ މަޖިލީހުގެ ރައީސް ހުށައަޅުއްވާފައިވާ ގާނޫނަށް ބަދަލު ގެނެސްގެން ކޮމިޝަންޑް އޮފިސަރުން ވަކިކުރުމަށް ހުށައަޅުއްވާފައިވާ އިސްލަހާށެވެ. ޝަރީފްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން އޭނާ ބޭރުކޮށްލިއިރު، އޭގެ އިރުކޮޅެއް ފަހުން އަދީބު ދިންކަމަށް ބުނާ ސިއްރު ހެކި ބަޔާނެއްގެ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ދައުރުވިއެވެ.

ދައުރުވަމުންދާ ފޮޓޯގައިވަނީ ރައީސް ޔާމީންގެ އިރުޝާދާއާއި އެއްގޮތަށް ބަދަލުތައް ގެނައުމަށް ސަރުކާރުން ހުށައެޅުމުގެ ބަދަލުގައި އެމްޑީޕީގެ މެންބަރެއް މެދުވެރިކޮށް ހުށަހަޅުން ރަނގަޅުވާނެތީ މަރަދޫ ދާއިރާގެ މެންބަރު ޝަރީފް މެދުވެރިކޮށް މިކަމާއި ގުޅުންހުރި އިސްލާޙް ގެނައުމަށް އަދީބު ހުށައެޅިކަމަށެވެ. އަދި ޝަރީފާއި ބައްދަލުކޮށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހެއް ހުށައެޅުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށާއި ނަމަވެސް އެކަން ކުރަން ޝަރީފް ޖެހިލުންވެފައި ހުރިކަން އެނގުނު ކަމަށެެވެ. އަދި ހުށައަޅަން ބޭނުންވާ މަގުސަދަކީ 7 ފަނޑިޔާރުންގެ އަދަދު މަދުކޮށް ފަސް ފަނޑިޔާރުންނަށް ހެދުން ކަމަށްވެސް ޝަރީފް ގާތުގައި ބުނިކަމަށް ދައުރުވަމުންދާ ބަޔާނުގައި ވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެންނަ ބަދަލު ޝަރީފް ހުށައަޅާ ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ޝަރީފަށް 20,000,000ރ (ވިހި މިލިއަން ރުފިޔާ) ދިނުމަށް އެއްބަސްވެފައިވާނެ ކަމަށާއި ވޯޓުލާނެ މީހުންގެ ޕެކޭޖެއް ތައްޔާރުކުރީވެސް ޝަރީފް ކަމަށް އަދީބު ދިން ކަމަށް ބުނާ އެ ބަޔާނުގައި ވެއެވެ.

އަދީބު ދިންކަމަށް ބުނާ ސިއްރުހެކި ބަހުގެ ބައެއްކަމަށް ބުނެ ދައުރުވަނުންދާ ފޮޓޯގައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށައެޅުމަށް ޝަރީފް އެއްބަސްވުމުން ބިލް ހުށަހެޅުމުގެ ކުރިން އޭނާ އަށް 5,000,000ރ (ފަސްމިލިއަން ރުފިޔާ) ދީފައިވާ ކަމަށެވެ. އަދި މިފައިސާ ދިނުމުން އިބްރާހީމް ޝަރީފް ހުށައަޅާ ބިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށައެޅިގެން ދިޔައެވެ. މިކަން ޝަރީފް ކުރީ އެމްޑީޕީގެ މެމްބަރުންނަށް ވެސް ނޭނގި ކަމަށާއި ޝަރީފް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށައެޅުމުން އޭނާ އަށް ވާނީ 15,000,000ރ (ފަނަރަ މިލިއަން ރުފިޔާ) ދީފައިކަމަށްވެސް ދައުރުވަމުންދާ އެ ކަރުދާހުގައި ވެއެވެ.

މިކަމަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ، ފަނޑުޔާރުންގެ ގާނޫނަށް ހުށައެޅި އިސްލާހަކީ އަދީބު ބޭނުންވެގެން ހުށައެޅި އިސްލާހެއްނޫންކަމަށެވެ. އަދި އެއީ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ބޭނުންވެގެން ހުށައެޅި އިސްލާހެއްކަމަށާއި އެނޫން ގޮތަކަށް އެކަން ހިނގާފައި އޮތްނަމަ، އޭރު ޕާޓީއިން އޭނާއަށް ފިޔަވަޅު އެޅީސް ކަމަށެވެ. ބަޔާނުގައިވަނީ ހަގީގަތް ނޫންކަމަށާއި އެއިސްލާހާއި ގުޅިގެން އަދީބާއި މަޝްވަރާނުކުރާކަމަށް ވިދާޅުވިއެވެ. އަދި އަދީބުގެ އަތުން ފަސްމިލިއަން ރުފިޔާ ނަގާފައިނުވާނެ ކަމަށާއި އެއް ރުފިޔާވެސް އަދީބުު އަތުން ނަގާފައިނުވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18 ވަނަ ރައްޔތުންގެ މަޖިލީހަށާއި 19 ވަނަ ރަައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިފައިވާކަން ހާމަވެފައިވާއިރު، އެފައިސާވަނީ 18 ވަނަ ދައުރުގައި ނެގި ވޯޓުތަކަށް ޚަރަދުކޮށްފައިކަމަށް ތުހުމަތުކުރެވެއެވެ. އެހެންނަމަވެސް، އެއީ ކޮން ވޯޓުތަކަކަށްކަން އަދި ފައިސާ ލިބިފައިވަނީ ކޮން މެމްބަރުންނަށްކަމެއް އެއްވެސް ތަހުގީގީ އިދާރާއަކުންވެސް އަދި ޚިޔާނާތުގެ މައްސަލަ ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުންވެސް ހާމަކޮށްފައެއްނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: