ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނަމާލެ ބްރިޖުގައި ކާރަކާއި ވޭނެއްޖެހި އެކްސިޑެންޓެއް ހިނގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބުރިޖުގައި ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:38 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި ކާރާއި ވޭން ދުއްވަން އިނީވެސް “އީ” ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެ ފަރާތްކަމަށް ކަމަށާއި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ނަމަވެސް ދެ ފަރާތުގެ ލައިސަންސްވެސް މުއްދަތު ހަމަވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: