ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޙުކުމް ކޮށްފަ ތިބޭ ޑްރަގު ޑީލަރުން ޤާނޫނާ ޚިލާފަށް މިނިވަންކުރަނީ ކޮން މަޖްބޫރީއެއް އޮވެގެން؟”

އޯއައިސީގެ ސެކެޓްރީ ޖެނަރަލްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޙުކުމް ކޮށްފަ ތިބޭ ޑްރަގު ޑީލަރުން ޤާނޫނާ ޚިލާފަށް މިނިވަންކުރަނީ ކޮން މަޖްބޫރީއެއް އޮވެގެންތޯ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ސުވާލު ކުރައްވައިފިއެވެ.

ޝަހީމް މިހެން ވިދާޅުވީ ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލި މައްސަލަ އަށް އިޝާރާތް ކޮށެވެ.

އެގޮތުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑުންގެ ގޮތުގައި ބެލެވޭ މީހުން ހައްޔަރުކޮށް ހުކުމް ކުރެވިފައިވަނިކޮށް އެމީހުން މިނިވަން ވެގެން ދިއުމަކީ ރައްޔިތުންގެ ކަންބޮޑުުން އިންތިހާއަށް އޮތް ކަމެއްކަމަށެވެ.

ޖަލަށްލާން ހުކުމްކޮށްފައިވަނިކޮށް ޖަލުން މިނިވަންވެފައިވާކަން ކަށަވަރު ވެފައިވަނީ، 24 ކިލޯގެ މަސްތުވާތަކެތި (މަގުމަތީގެ އަގުން ބަލާއިރު 100 މިލިއަން ރުފިޔާގެ ޑްރަގު) އެތެރެކުރިކަމުގެ ކުށް ސާބިތުވެ 2017 ވަނަ އަހަރު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި ހ. އެޕާވީސް، އަބްދުﷲ ސޮފްވަތެވެ. އޭނާ ޖަލުން ސަލާމަތްވެފައިވާ ކަން “މިހާރު” ނޫހަށް ކަށަވަރުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: