ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު 66 އިންސައްތަ މައްޗަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލިފަހުން ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް 66 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު މަހު އެކަނި 35،759 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެއީ އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް 1،192 ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެއް ދުަވހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ނޮވެމްބަރު މަސް ތެރޭގައެވެ. އެއީ 2،299 ފަތުރުވެރިންނެވެ.

ފާއިތުވި ތިން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމް މަދުން ފަތުުވެރިން ޒިޔާރަތްކޮށްފައިވަނީ ސެޕްޓެމްބަރު މަހުއެވެ. އެމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 696 ފަތުރުވެރިންނެވެ. އޮކްޓޫބަރު މަހު ރާއްޖެއަށް 1،475 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 ގައުމަކީ ރަޝިޔާ، އިންޑިޔާ، ޔުނައިޓެޑް ސްޓޭޓްސް، ޔުނައިޓެޑް ކިންގްޑޮމް، ޖަރުމަން، ޔޫކްރެއިން، ޔުނައިޓެޑް އެރެބް އެމިރެޓްސް، ބްރެޒިލް، ސްވިޒަރލެންޑް އަދި ޗެކް ރިޕަބްލިކްއެވެ. 8،581 ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިޔާއިންނެވެ. އެގައުމުން ވަނީ ބޯޑަރު ހުޅުވާލިފަހުން، 7،610 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށްވާއިރު، ބޯޑަރު ބަންދުކުރުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ހުއްޓުމެއް އައިސް ރާއްޛޭގެ މުޅި އިގްތިސާދަށް ބޮޑު ގެއްލުމެއް ވެގެންދިޔައެވެ. އަދި ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެން ފަތުރުވެރިކަމުގެ ދާއިރާގެ ކަންކަމަށް ލުއި ދެމުން އަންނައިރު، ޚާއްސަ އުސޫލުތަކަކާއި ހުއްދަތަކުގެ ދަށުން މިހާރު ބައެއް ރިޒޯޓުތަކާއި ގެސްޓްހައުސްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ އަންނަނީ ދޫކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: