ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހުގެ ނިޔަލަށް ހައިކޯޓުގައި ނުނިމި 792 މައްސަލައެއް!

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ ނިޔަލަށް ހައިކޯޓުގައި ނުނިމި 792 މައްސަލައެއް އޮތްކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހައިކޯޓުގައި 2020 ވަނަ އަހަރު ރަޖިސްޓްރީ ކުރެވުނު މައްސަލަތަކާއި 2020 ނޮވެންބަރުގެ ނިޔަލަށް ހައިކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތަފާސް ހިސާބުތައް ކޯޓުން އާންމުކޮށްފައިވާއިރު، 2020 ވަނަ އަހަރު ފެށިވެސް ނުނިމޭ މައްސަލަތަކުގެ ގޮތުގައި ހުރި 884 މައްސަލައާއެކުގައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް-19އާއި ގުޅިގެން އާންމުކޯށް ޝަރީއަތްތައް ކުރިއަށް ނުގެންދެވުނު މުއްދަތުގައިވެސް ބައެއް މައްސަލަތައް ވަނީ ކުރިއަސް ގެންގޮސްފައެވެ. އަދި އެމުއްދަތުގައިވެސް، އަލަށް މައްސަލަތައް ވަނީ ރަޖިސްޓްރީވެސް ކޮށްފައެވެ.

މުޅި އަހަރު ދުވަހަށް ބަޅާއިރު އެންމެ މަދުން މައްސަލަތައް ރަޖިސްޓްރީކޮށްފައިވަނީ މެއި މަހުއެވެ. މެއި މަހު ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ 11 މައްސަލައެވެ. މިއަހަރު ތެރޭ އެންމެ ގިނައިން މައްސަލަތައ3ް ރަޖިސްޓްރީކޮށްފައިވަނީ އޮކްޓޫބަރު މަހުގައެވެ. އޮކްޓޫބަރު މަހު 56 މައްސަލައެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

ހައިކޯޓު މިވަގުތު ރިސެސްގައި އޮތްކަމުގައިވިޔަސް، ސެސްގެ މުއްދަތުގެ ތެރޭގައި ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. އެކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން މިގޮތަށް ނިންމާފައިވާއިރު،ކޯޓުތަކުގެ ޤާނޫނުގައިވާގޮތުން ޑިސެމްބަރު މަސް ފެށުމުން ހައި ކޯޓް ރިސެސްއަށް ދާންޖެހެއެވެ. ނަމަވެސް އެކޯޓުން ނިންމާފައިވަނީ ރިސެސްގެ މުއްދަތުގައިވެސް ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްކަމަށާއި، އެގޮތުން އެމުއްދަތުގައި ކުއްލި މައްސަލަތަކާއި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގެ އިތުރުން ކޮންމެހެން ހިންގަން ޖެހޭ އަވަސް ތަބީޢަތުގެ މައްސަލަތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަސް ފެށުމާ އެކު، ސުޕްރީމް ކޯޓާއި ހައި ކޯޓު އެއް މަސްދުވަހުގެ ރިސެސްއަކަށް ދާއިރު، ދަށު ކޯޓުތައްވެސް ރިސެސްއަކަށް ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: