ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެއަށް 6000 ފަތުރުވެރިން އަތުވެއްޖެ

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނިވެސް ރާއްޖެއަށް 6،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ އެއްވަނަ ދުވަހު 2،031 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު މި މަހުގެ ދެވަނަ ދުވަހު 1،455 ފަތުރުވެރިން، އަދި ތިންވަނަ ދުވަހު 1،604 ފަތުރުވެރިން އައިސްފައިވާއިރު އިއްޔެ 1،671 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެއާއެކު ބޯޑަރު ހުޅުވިފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 82,902 އަށް އަރާފައެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރަޝިއާއިން އައިސްފައިވާއިރު، ޑިސެމްބަރ 2 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 17,404 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: