ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔަކަށް އަނިޔާކުރި މައްސަލައިގައި ފިޔަވަޅު އެޅުމުން، އެކަމާ އިހުތިޖާޖު ކުރި ފުލުހުންގެ މައްސަލަ އަލުން ބަލަނީ!

މިދިޔަ އަހަރު ސޯޝްލް މީޑިއާގައި އާއްމުވި ވީޑިއޯގެ ސްކްރީންޝޮޓްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން، ގެއެއް ބަލާ ފާސްކުރުމުގައި އެގެއިން މައްސަލައިގެ ކުށުގެ ވެށީގައި ތިބި މީހުންނަށް އަނިޔާ ކުރި މައްސަލައިގައި ފުލުހުންތަކަކަށް ފިޔަވަޅު އަޅަން ނިންމުމުން އެކަމާ މެދު ހިތްހަމަނުޖެހި ހިމޭން އިހުތިޖާޖު ކުރި ފުލުހުންގެ މައްސަލަ އަލުން ބެލަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އަންގަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

މިއީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، މަސްތުވާތެކެތި އަތުލުމަށް މ. އުޖާލާގެ ބަލާ ފާސްކުރުމުގެ ތެރެއިން ފުލުހުންތައް އެ ގޭގައި ތިބި ބަޔަކަށް އަނިޔާ ކުރި މައްސަލައެކެވެ. އެ އޮޕަރޭޝަންގައި ފުލުހުން އާއްމުންގެ ބަޔަކަށް އަނިޔާ ކުރި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އަދި އެ މައްސަލައިގައި ހަތް ފުލުހަކު އެ މީހުންގެ މަސްއޫލިއްޔަތުން ސަސްޕެންޑު ކުރިއެވެ. އެކަމާއި ގުޅިގެން އެހެން ފުލުހުންތަކެއް ވަނީ ސޯޝަލް މީޑިއާ ހޭންޑަލް ތަކުގެ ތެރެއިން ފޭސްބުކްގެ ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކޮށްފައެވެ.

މިއީ ފުލުހުން ކުރިޔަށް ގެންދިޔަ އިހުތިޖާޖެއްގެ ގޮތުގައި، އެ މުވައްސަސާއިން ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއިން ބުނެފައި ވަނީ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އަލުން ބަލައި ތަހުގީގުކޮށް، އެ ކޮމިޝަންގެ ތަހުގީގީ ރިޕޯޓް އެ ކޮމިޓީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ ފުލުހުންގެ ތެރެއިން ބަޔަކު ހިންގި އެ އިހުތިޖާޖުގެ ސަބަބުން، މުޅި މުވައްސަސާގެ އަގު ވެއްޓި ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ.

“އެއްވެސް ފުލުހަކު އިހުތިޖާޖުގެ އެއްވެސް އަމަލެއް ހިންގުމާއި އަދި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެކަމަށް އެކަށޭން އަވަސް ފިޔަވަޅުތަކާއި އަދަބުތަކާއި، އެ އަދަބުތައް ކަމާގުޅޭ ފަރާތްތަކުން އަވަސްކޮށް އެޅުމަށާއި ތަންފީޒުކުރާނެ ގޮތުގެ ކަމާގުޅޭ މާއްދާތައް މިޙާރު ރައްޔިތުންގެ މަޖިލީހުން އިސްލާހު ކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމެނުމަށް މަޖިލީހުންނާއި ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން އަވަސް ކުރުން.” ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓު

މި މައްސަލަ ތަހުގީގު ކުރުމުގެ އެންމެ ބޮޑު ބޭނުނަކީ، ފުލުހުންގެ ތެރޭގައި މިފަދަ މައްސަލައެއް ތަކުރާރު ނުވުން ކަމަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއާއި އެކު ފުލުހުންގެ ހިދުމަތުގެ ބިލުގައި މިފަދަ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅާ، ވަގުތުން ވަގުތަށް ފިޔަވަޅު އެޅޭނެ ގޮތް ހިމެނުމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. ފުލުހުންތަކެއް އިހުތިޖާޖު ކުރި މައްސަލައަށް ރިއާޔަތްކޮށް، ފުލުހުންގެ ހިދުމަތުގެ ބިލުގައި މާއްދާތަކެއް ހިމަނާފައި ވެއެވެ. ބިލުގައި ބުނެފައިވާ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް ފުލުހަކު އިހުތިޖާޖުގެ އެެއްވެސް އަމަލެއް ހިންގުމާއި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވުމަކީ ކުށެކެވެ. އަދި އެކަމަށް އަދަބު ދޭން ޖެހޭ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމެނުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ވަނީ ނިންމައިފައެވެ.

ޕްރޮފައިލް ކަޅު ކުލައަށް ބަަދަލު ކުރި ފުލުހުންނަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި އެ މީހުންނަށް ނަސޭހަތް ދީފައިވާތީ އެކަމަށް ކޮމިޓީއިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ކޮމިޓީއިން ބުނެފައިވަނީ މި ބާވަތުގެ އިހުތިޖާޖުތަކަކީ ފުލުހުންގެ މުއައްސަސާ ފަދަ މުއައްސަސާއެއްގެ އަހުލާގީ އަދި ސުލޫކީ މިންގަނޑުކަމަށް ކޮމިޓީއަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ފުލުހުންގެ ތެރެއިން ބަޔަކު އަހުލާގީ މިންގަނޑުން ދަށްވެ އެފަދަ އަމަލެއް ހިންގައިފިނަމަ، އެ އަމަލަކަށް އެކަށޭނަ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅިފައި އޮތުން މުހިއްމު ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

މާފަންނު ގެއެއްގެ ތެރެއަށް ފުލުހުން ވަދެ މީހަކަށް އަނިޔާ ކުރިކަން އެނގުނީ އަނިޔާކުރާ ވީޑިއޯ ދައުރުވާން ފެށުމުންނެވެ. އަދި އެ ވީޑިއޯގައި ފެންނަ ގޮތުން އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް މީހަކަށް އަނިޔާކުރާ މަންޒަރު ފެނެއެވެ.

ކޮމިޓީގެ މި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއިން ގޮތެއް ނިންމާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: