ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްސީގެ މެމްބަރުކަމަށް ސަންގުޓީވީގެ ސަހުބާން ފަހުމީ!

މީޑިއާ ކައުންސިލްއަށް އިންތިހާބުވި، ސަހުބާން ފަހުމީ/ ފޮޓޯ: ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް “ސަންގު ޓީވީ” ގެ ނިއުސް ހެޑް ޝަހުބާން ފަހުމީ އިންތިހާބު ވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔަ އެމްއެމްސީ އިންތިހާބުގައި އެ ކައުންސިލްގެ ކުރިޔަށް އޮތް ދައުރުގެ މެމްބަރުކަމަށް ސަހުބާން އިންތިހާބުވެފައި ވަނީ 94 ވޯޓުންނެވެ. އިންތިހާބުގައި ޖުމްލަ 187 މީހަކު ވޯޓުލާފައި ވެއެވެ. އަދި އޭގެ ތެރޭގައި 18 ބާތިލު ވޯޓު ހިމެނެއެވެ.

ރާއްޖޭގައި މިނިވަން މެއިން ސްޓްރީމް މީޑިއާއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ސަންގުޓީވީ އާއި ސަހުބާން ގުޅިފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އަދި ސަހުބާން ނޫސްވެރިކަމުގެ ހަޔާތް ފެއްޓީ2011 ވަނަ އަހަރު މިއަދު ޑެއިލީއިން ނެވެ. އެއަށްފަހު އަވައްޓެރި ލަންކާގެ “ސްރީލަންކާ ކޮލެޖް އޮފް ޖާނަލިޒަމް” ގައި ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލް ކުރިއެވެ. މަތީ ތައުލީމް ފުރިހަމަކޮށް ނިންމާ 2012 ވަނަ އަހަރުން ފެށިގެން 2015 ގެ ނިޔަލަށް “ސަން އޮންލައިން” ގައި މަސައްކަތް ކުރިއެވެ. އަދި 2015 އިން 2017 އަށް “ރާއްޖެ ޓީވީ” ގައި މަސައްކަތް ކުރިއެވެ.

ސަހުބާން އަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު އެންމެ ހަލަބޮލިވެ، ސިލްސިލާ މުޒާހަރާތަކެއް ކުރިޔަށް ދިޔައިރު އެ މުޒާހަރާތައް އެންމެ ގާތުން ކަވަރު ކުރި އެއް ނޫސްވެރިއެކެވެ. އަދި އެ ނޫންވެސް ތަފާތު އެކި ބޮޑެތި އިވެންޓުތައް ކަވަރުކޮށްފައި ވެއެވެ.

ސަހުބާން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ގާނޫނީ ދާއިރާގެ ތަފާތު އެކި ހަބަރުތަކާއި، ކޯޓު ކޭސްތަކަށް ފަރިތަ ނޫސްވެރިއެއްގެ ގޮތުގައެވެ. އެކި މީޑިއާތަކުގައި މަސައްކަތް ކުރަމުން ސިޔާސީ ގޮތުން ފާހަގަ ކުރެވޭ ރިޕޯޓުތައް ސަހުބާން ގެނެސްދީފައި ވެއެވެ.

ސަހުބާން އަކީ ސަންގު ޓީވީގެ ނިއުސް ހެޑްގެ އިތުރުން، ސަންގު ނިއުސްގެ އެޑިޓަރެކެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސަހުބާން ބުނެފައިވަނީ، އަލަށް ދާއިރާއަށް ނިކުންނަށް ޒުވާނުންނަށް ތަމްރީނުގެ ގިނަ ޕްރޮގްރާމްތައް ބޭނުންވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ތަފާތު އެކި ހަބަރުތައް ފަތުރަމުން ދާ ޒަމާނެއްގައި، އެ ހަބަރެއްގެ ސައްހަކަން ކަށަވަރު ކުރުމުގެ މުހިންމުކަން ފާހަގަ ކުރިއެވެ.

“އެންމެންގެ ހިޔާލު އެއްގޮތް ނުވުމަކީ ވެދާނެ ކަމެކެވެ. އެކަމަކު ވަކި ފަރާތަކަށް ނުޖެހި ކަމުގެ ހަގީގަތް ހޯދާދިނުމުގައި މާތް الله ގެ ވާގިފުޅާއިއެކު ދެމިހުންނާނަމެވެ.” ސަންގު ނިއުސްރޫމާއި ވާހަކަ ދައްކަމުން ސަހުބާން ހިއްސާ ކުރިއެވެ.

ސަހުބާން ވަނީ ރާއްޖޭގައި އިންވެސްޓިގޭޓިވް ޖާނަލިޒަމް ކުރިއެރުވުމާއި އެކު، ވަކި ވަކި ދާއިރާތައް ކަވަރު ކުރާ ނޫސްވެރިންނަށް އެ ދާއިރާއަކުން ކުރިޔަށް ދިއުމުގައި ބޭނުންވާ އެހީ ދިނުން އެއީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: