ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކަކޫ މައްޗަށް ތިރިވެ ސަރުކާރާއެކު ރައީސް ޔާމީން ޑީލެއް ނުހައްދަވާނެ: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީނަަށް ދައުވާ ކުރިޔަސް މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީ ކުޑަކަކޫ މައްޗަށް ތިރިވެ ޑީލެއް ނުހައްދަވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މައްޗަށް އުފުލާފައިވާ ދެ ދަޢުވާއެއްގެ އަޑުއެހުން މިއަދަށް ތާވަލް ކޮށްފައިވާއިރު، އިދިކޮޅުންވަނީ އެމަނިކުފާނުގެ އިސްތިޤުބާލަށް ދިއުމަށް ނިންމާފައެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް މަތިމައްޗަށް ދަޢުވާ އުފުލިޔަސް މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީ ކުޑަކަކޫ މައްޗަށް ތިރިވެ ޑީލެއް ނުހައްދަވާނެ ކަމަށެވެ.

“ދީނާ ގައުމުގެ ޙައްގުގައި ވަކާލާތު ކުރެއްވުން ހުއްޓައެއް ނުލައްވާނެ.ފިލާވަޑައެއް ނުގަންނަވާނެ. މާތްﷲ ރައީސް ޔާމީނަށް ކާމިޔާބު މިންވަރު ކުރައްވާށި. އާމީން” އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އަލަށް އުފުލާފައިވާ ދެ ދަޢުވާއަކީ މަނީ ލޯންޑަރިންގެ އިތުރަށް ރަޝްވަތު ޤަބޫލުކުރި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދަޢުވާއެވެ. މި ދެ ދަޢުވާގެ ޝަރީޢަތް ފަށައި އަޑުއެހުންތައް ތާވަލުކޮށްގެން ކުރިއަށް ގެންދާއިރު ކުރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށް އެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް ނިމުނުތާ ތިން މަސް ފާއިތުވެގެން ގޮސްފައިވާތީ އިދިކޮޅު ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: