ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލި ދެ މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރި ވަގުތު އެ ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހައްޔަރުކޮށްފައިވަނީ އިދިކޮޅު ކޯލިޝަނުގެ މާލެ ދަފްތަރު ސްޓިއަރިންގް ކޮމިޓީގެ ރައީސް އަހުމަދު އަދި އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރެއް ކަމަށްވާ އަހުމަދު އިލްހާމް ކަމަށެވެ.

މިއަދު ކުރިއަށް ދިޔައީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާއެކެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު، އަޑުއެހުންތައް ނިމި މައްސަލަ މިހާރު އޮތީ ހުކުމް އިއްވުން މަރުހަލާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: